އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/05/2020

އާސަންދަ އާއި ހުޅުމާލޭ ހޮސްޕިޓަލް އަދި އަމްރިތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާގެ ހިދުމަތް ފަށައިފި

މި ހިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ފަސްދުވަހު އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/05/2020

Aasandha Hulhumale' Hospital Teleconsultation
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އާސަންދު ކުންފުންޏާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާ (ޓެލެ ކޮންސަލްޓޭޝަން)ގެ ހިދުމަތް ފަށައިފި އެވެ.

އާސަންދަ ކުންފުނިން ބުނިގޮތުގައި ދުރުތާ ފަރުވާގެ ހިދުމަތް ފަށާފައި މިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހޭ ބަލިމީހުން ނުފޮނުވޭތީވެ، ހާލަތު ބަދަލުވަންދެން އެފަދަ ފަރާތްތައް ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް، ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ހާއްސަ ނިޒާމު މެދުވެރިކޮށް އެފަރާތްތަކަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ މަގްސަދުގަ އެވެ.

އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ހާއްސަ ނިޒާމުގެ ތެރެއިން މި އެފަދަ ބަލިމީހުންގެ ބައްޔާއި ގުޅުންހުރި ބޭރުގެ ހާއްސަ ޑޮކްޓަރުންގެ ލަފާ ވީޑިޔޯ ކޯލް މެދުވެރިކޮށް ހޯދައި އެ ލަފާގެ މަތިން ފަރުވާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.

މި ހިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ފަސްދުވަހު އެވެ.

އަދި ކުޑަކުދިންގެ ހާއްސަ ބަލިތަކާއި، ހިތުގެ ފަރުވާ، ޓިއުމަރު ފަރުވާ (އޮންކޮލޮޖީ)، ބޮލާއި ކަރުގެ ސާޖަރީ، ކުޑަކަމުދާ ނިޒާމުގެ ބަލިތައް ފަދަ ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާން އާސަންދައިން ހުއްދަކޮށްފައިވާ ނަމަވެސް، މި ހާލަތުގައި ދަތުރުފަތުރުގެ ކަންކަން ހުރިގޮތުން ފޮނުވެން ނެތް ބަލިމީހުންގެ ބަލިތަކާއި ގުޅުންހުރި ހުރި ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ދުރުތާ ފަރުވާ މެދުވެރިކޮށް ދެމުންގެންދާނޭ ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.

އާސަންދަ ކުންފުނި ބުނީ މުސްތަޤްބަލްގައި މި ހިދުމަތް ފުޅާކޮށް އާސަންދަގެ ހިދުމަތް ފޯރުކޮށްދޭ އެހެން ހޮސްޕިޓަލްތަކާއި ގުޅިގެން މި ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ. ހަމައެހެން އަތޮޅުތެރޭގައިވެސް މި ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ