އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 30/01/2020

ނަފްސާނީ ބަލީގެ ބައެއް ޚިދުމަތްތަކަށް އާސަންދަދޭން ނިންމައިފި 

މި ސްކީމުގެ ދަށުން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަހަރަކަށް 5000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 30/01/2020

Aasandha
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ނަފްސާނީ ބަލީގެ ބައެއް ޚިދުމަތްތަކަށް އާސަންދަދޭން ފަށައިފި އެވެ.

އާސަންދަ ކޮމްޕެނީން ބުނިގޮތުގައި މި ފެށޭ ފެބްރުއަރީ މަހުން ފެށިގެން އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް އާސަންދަ ސްކީމުގެ ތެރެއިން ލިބޭނޭ އިންތިޒާމް ހަމަޖެހޭނެ އެވެ.

އޭގެތެރޭގައި ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިސްޓް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އާސަންދަ ސްކީމުގެ ދަށުން ލިބޭނޭ ކަމަށް އެކުންފުނިން ބުންޏެވެ.

މި ސްކީމުގެ ދަށުން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަހަރަކަށް 5000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ޚާއްސަ ކްލިނިކެއް ހުޅުވާ އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނޭ އިންތިޒާމު ހަަމަޖެއްސުމަށް ފާއިތުވި 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު އައިޖީއެމްއެޗުގައި "ސެންޓަރ ފޮރ މެންޓަލް ހެލްތު"ގެ ނަމުގައި ކްލިނިކެއް ވަނީ ހުޅުވާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ