އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/09/2020

އާސަންދައިގެ މޯބައިލް އެޕް ލޯންޗް ކޮށްފި

މި އެޕްލިކޭޝަން އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ހިދުމަތް ހޯދާ ދިވެހި ހުރިހާ ރައްޔިތުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/09/2020

Aasandha
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އާސަންދަގެ މޮބައިލް އެޕްލިކޭޝަން ތައާރަފު ކޮށްފިއެވެ.

"އާސަންދަ"ގެ ނަމުގައި މިއަދު ތައާރަފުކޮށްފައިވާ މި އެޕްލިކޭޝަން މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވެން ހުރި އިރު، އެ އެޕްލިކޭޝަންގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އެ އެޕްގެ އައިއޯއެސް އެޕްލިކޭޝަން ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް އާސަންދައިން ބުންޏެވެ.

މި އެޕްލިކޭޝަން އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ހިދުމަތް ހޯދާ ދިވެހި ހުރިހާ ރައްޔިތުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ. ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓްރީީ ވެވޭނެ ކަމަށާއި އެޕް ޑައުންލޯޑްކޮށް ރެޖިސްޓާވުމުން، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އާ އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ހިދުމަތްތަކުގެ ތަފްސީލު ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ އެޕްލިކޭޝަން ބޭނުންކޮށްގެން ޑޮކްޓަރުން ދޭ ބޭސް ސިޓީ ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް ބަލައިލެވޭނެއެވެ. އަދި ނުހޯދާ ހިދުމަތެއް ލިސްޓުކޮށްފައިވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަހުގީގުކުރާނެއެވެ.

މި އެޕް ތަޢާރަފްކުރުމުގެ މަގުސަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެ ފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށް އާސަންދަ އިން ބުންޏެވެ. އަދި މިވަގުތު ތައާރަފްކުރީ ހަމައެކަނި އެންޑްރޮއިޑް އެޕް ނަމަވެސް ކައިރި މުސްތަގުބަލެއްގައި އައިއޯއެސް އެޕްވެސް ތައާރަފު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ