އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/12/2019

ހުޅުމާލޭ ހޮސްޕިޓަލްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައިފި

ރައްޖޭގެ ހުރިހާ ސިއްހީ މަރުކަޒެއްގައިވެސް "ވިނަވި" ޕޯޓަލް ބޭނުންކުރަން މިހާރު ފަށައިފިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/12/2019

Aasandha Company Hulhumale' Hospital Vinavi Portal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އާސަންދަ ސްކީމްގެ ހިދުމަތް ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެކުންފުނިން ފަރުމާކޮށްފައިވާ "ވިނަވި" ޕޯޓަލް ހުޅުމާލޭ ހޮސްޕިޓަލްގައި ބޭނުންކުރަން ފަށައިފިއެވެ.

ރައްޖޭގެ ހުރިހާ ސިއްހީ މަރުކަޒެއްގައިވެސް "ވިނަވި" ޕޯޓަލް ބޭނުންކުރަން މިހާރު ފަށާފައިވާއިރު، މި ޕޯޓަލްގެ މަޤްސަދަކީ ލުއިފަސޭހަ ގޮތެއްގައި އާސަންދަ ސްކީމްގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ސްކީމްގެ ހިދުމަތްތައް ދިނުމުގައި ބޭކާރު ހަރަދާއި ކޮރަޕްޝަން ކުޑަކުރުންކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފަ އެވެ. 

"ވިނަވި" ޕޯޓަލް އިން ލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ބަލިމީހާ ޑޮކްޓަރަށް ދައްކާއިރު، ކުރިން ދައްކާފައި ހުރި ޑޮކްޓަރުން ދީފައި ހުރި މެޑިކަލް ލިޔުންތައް ސިސްޓަމްއިން ފެންނަން ހުރުމުގެ އިތުރުން އާސަންދައިގެ ދަށުން ކުރެވޭ ހޭދައިގެ ތަފާސް ހިސާބު ބެލެހެއްޓުން ފަދަ ހިދުމަތްތައް ފާހަގަކޮށްލެވެ އެވެ.

އާސަންދަ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ވަރަށް އަވަހަށް ކަސްޓަމަރ ޕޯޓަލް އެއްގެ އިތުރުން މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފް ކުރާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ