އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 09/01/2020

ލޮލުގެ ފަރުވާދޭ ސެންޓަރު ހުޅުވައިފި. ފުރަތަމަ ދުވަހު 30 އޮޕަރޭޝަން

މި ކޭމްޕްގައި ފަރުވާދޭ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސްކެހުމާއި، ގްލައުކޯމާ، ޕްޓެރީޖިއަމް ސާރޖަރީސް، ކޮންޖަކްޓިވަލް ފްލެޕް ޓްރާންސްޕޯޓް އަދި ލޮލުގެ ރެޓީނާގެ ބަލިތައް ހިމެނޭ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ މީގެކުރިން ބުނެފަ އެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 09/01/2020

Hulhumale' Hospital Hulhumale' Eye center
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހުޅުމާލެ ހޮސްޕިޓަލްގައި ޗައިނާއިން ގާއިމުކުރު ލޮލުގެ ފަރުވާދޭ ސެންޓަރު އިއްޔެ ހުޅުވައިފިއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ލޮލުގެ ފަރުވާދޭ ސެންޓަރު ނުރަސްމީކޮށް އިއްޔެ ހުޅުވާ ބަލިމީހުންނަށް ފަރުވާދޭން ފަށާފައިވާ ކަމެވެ. އެގޮތުން އިއްޔެ އެކަނިވެސް 30 ސާރޖަރީ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

މިސެންޓަރުގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ. ޗެން ވެއިރޮންގް އަކީ މިދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާ 100،000 އަށް ވުރެ ގިނަ އޮޕަރޭޝަން ކުރައްވާފައިވާ މަޝްހޫރު ޑޮކްޓަރެކެވެ.

މި ކޭމްޕްގައި ފަރުވާދޭ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސްކެހުމާއި، ގްލައުކޯމާ، ޕްޓެރީޖިއަމް ސާރޖަރީސް، ކޮންޖަކްޓިވަލް ފްލެޕް ޓްރާންސްޕޯޓް އަދި ލޮލުގެ ރެޓީނާގެ ބަލިތައް ހިމެނޭ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ މީގެކުރިން ބުނެފަ އެވެ.

ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޗައިނާގެ ސަފީރު ވިދާޅުވީ އެސެންޓަރުގައި ހަރަކާތްތެރިވާ ޗައިނާގެ ޓީމުގެ ބައެއް ބޭފުޅުން ރާއްޖޭގައި މަޑުކޮށް ފަރުވާ ދިނުމާއި ތަމްރީން ކުރުމުގައި ހަރަކާތްތެރިވާނެކަމަށެވެ. ތަމްރީންތަކުގެ ތެރޭގައި އޭ.އައީ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ލޮލުގެ ބަލިތަކާއި ބެހޭގޮތުން ސިއްޙީ ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރައްވާނެކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިސައްކަތްތައް ކުރިއަށް ގެންދާނީ ހެލްތު މިނިސްޓްރީއާއި ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތުއާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަންއާއި ދެމެދު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ހުޅުމާލޭގައި މިހުޅުވި ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރަކީ މި އެއްބަސްވުމުގެ ދަށުން ހެދި ސެންޓަރެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ