އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/01/2020

އާސަންދަ ކުންފުނިން ހުޅުމާލޭ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފި

އާސަންދަ ކުންފުންޏާ ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ 3 ވަނަ ދުވަހު އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/01/2020

Aasandha Company Hulhumale' Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އާސަންދަ ކުންފުނިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފި އެވެ. އެގޮތުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ވިދާޅުވީ، މިއަދުން ފެށިގެން އެ ހޮސްޕިޓަލް މެނޭޖު ކުރުން އެ ކުންފުނިން ހުއްޓާލާފައިވާ ކަމަށެވެ.

އާޝިޔާ ވިދާޅުވީ އާސަންދައިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލީ ރައީސް އޮފީހުން އަންގައިގެން ކަމަށާއި އެ އޮފީހުން އެގޮތަށް އެންގީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. 

އާސަންދަ ކުންފުންޏާ ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ 3 ވަނަ ދުވަހު އެވެ. އެކުންފުނިން ހުޅުމާލެ ހޮސްޕިޓަލާ ހަވާލުވެ، އެ ކުންފުނީގެ ބަޖެޓުން 193 މިލިއަން ރުފިޔާ ހަރަދުކޮށް، ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްދީފަ އެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާދޭން އެ ހޮސްޕިޓަލުން ފަށާފައިވަނީ އާސަންދައިގެ މެނޭޖްމަންޓްގެ ދަށުންނެވެ.

މީގެ ކުރިން 2018 ވަނަ އަހަރުވެސް ރައީސް އޮފީހުން ވަނީ އެ ހޮސްޕިޓަލް ހިންގުން އާސަންދަކުންފުނިން ނަގާ ހެލްތު މިނިސްޓްރީއާއި ހަވާލުކޮށްފަ އެވެ. އެހެން ނަމަވެސް އެ ފަހުންވެސް އެހޮސްޕިޓަލް މެނޭޖްކުރަމުންގޮސްފައިވަނީ އާސަންދަ ކުންފުނިންނެވެ.

އާސަންދަ ކުންފުނި އަތުން ހުޅުމާލެ ހޮސްޕިޓަލް ނެގުމަށްފަހު، އެ ހޮސްޕިޓަލް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވާކަމަށް "މިހާރު" ނޫހުގައި ވަނީ ބުނެފައެވެ. 

އެގޮތުން ސިއްހީ އިންޝުއަރެންސްދޭ ކުންފުންޏަކުން ހޮސްޕިޓަލް ހިންގުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުން ހުރީ އެހެން ހޮސްޕިޓަލްތައް ހިންގާ ކުންފުނީގެ ބެލުމުގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ހޮސްޕިޓަލްތައް ހިންގަން އުފައްދާފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ބޯޑު އެކުލަވާލުމާ އެކު ހުޅުމާލެ ހޮސްޕިޓަލް އެ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް ހޫދު އާއި ހަވާލާދެއްވައި "މިހާރު" ގައި ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ