އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/12/2019

ހުޅުމާލޭ ހޮސްޕިޓަލުން ބާއްވާ ލޮލުގެ ކޭމްޕަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފި

ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7، 8 އަދި 9 މި ތިން ދުވަހުގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/12/2019

Hulhumale' Hospital Eye camp
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހުޅުމާލޭ ހޮސްޕިޓަލުން އިސްނަގައިގެން ލޮލުގެ ބަލިތަކަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކޭމްޕްގައި ފަރުވާ ހޯދުމަށްޓަކައި ނަންނޯޓު ކުރުމަށް ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7، 8 އަދި 9 މި ތިން ދުވަހުގައެވެ. އަދި މި ކޭމްޕްގައި ފަރުވާދެއްވާނީ ލޮލުގެ ބަލިތަކަށް ހާއްސަ ޗައިނާގެ ހާއްސަ މެޑިކަލް ޓީމަކުންނެވެ.

މި ކޭމްޕްގައި ފަރުވާދޭ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސްކެހުމާއި، ގްލައުކޯމާ، ޕްޓެރީޖިއަމް ސާރޖަރީސް، ކޮންޖަކްޓިވަލް ފްލެޕް ޓްރާންސްޕޯޓް އަދި ލޮލުގެ ރެޓީނާގެ ބަލިތައް ހިމެނޭ ކަމަސް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މި ކޭމްޕްގައި ފަރުވާހޯދުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލާއި އަދި އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން މިހާރު ދަނީ ލޮލުގެ ބަލިތައް ދެނެގަތުމަށްޓަކައި، ނަންނޯޓުކުރެވި އަދި ސްކްރީން ކުރަމުން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި މި ކޭމްޕްގައި ފަރުވާ ހޯދަން ބޭނުންވާ މީހުން ހުޅުމާލޭ ހޮސްޕިޓަލްގެ ފޯނު ނަމްބަރު 1417 އަށް ގުޅައި ނަންނޯޓުކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. 

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ