އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 09/01/2020

ދޮޅު އަހަރަށް ފަހު ރާއްޖެއިން ހިމަބިހި ފެނިއްޖެ

ހިމަބިހި ކޮންޓްރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސަލްސް، އެމް.އެމް.އާރް އަދި އެމް.އާރް މިއިން ކޮންމެ ވެކްސިންއެއްގެ 2 ޑޯޒް ހަމަކުރުން ކަމުގައި ޑރ. ފައިސަލް ވިދާޅުވިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 09/01/2020

Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދޮޅު އަހަރަށް ފަހު ރާއްޖޭގައި ހިމަބިހި ފެނިއްޖެކަމަށް ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި މިއަހަރު ރާއްޖޭގައި ހިމަބިހި ފެނިއްޖެކަން ކަށަވަރުކޮށްދެއްވިއެވެ. އަދި ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކޮށް ހުރިހާ ވެކްސިންތައް ހަމަކުރުމަށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވި އެވެ.

ހިމަބިހި ކޮންޓްރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސަލްސް، އެމް.އެމް.އާރް އަދި އެމް.އާރް މިއިން ކޮންމެ ވެކްސިންއެއްގެ 2 ޑޯޒް ހަމަކުރުން ކަމުގައި ޑރ. ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން ހިމަބިހި ޖެހިފައިވާ މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް 1 ގަޑިއިރުވަންދެން އެވައިރަސް އެތަނެއްގައި ހުންނަކަމާއި، އެތަނަކަށް އަންނަ އެހެން މީހުންނަށް އެބަލި ޖެހުމުގެ ފުރުސަތުއޮތް ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

ހިމަބިއްސަކީ އެ ބަލިޖެހިފައިވާ މީހެއް ކެއްސާއިރު ނުވަތަ އަޅާ ކިބިހީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެކެވެ. އަދި މި ވައިރަސް ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހުންނަ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. 

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ކެއްސުން، ނޭފަތުން އަރިދަފުސް އައުން، ލޯ ރަތްވުން، އަދި ރަތް ކުދި ބިހި ގައިން ނެގުން ފަދަ އަލާމާތްތައް ހިމެނެ އެވެ.

މިކަމާއި ބެހޭގޮތުން އެޗްޕީއޭ އިން ބުނީ ހިމަބިހި އަށް ޝައްކުވާ ފަރާތެއް ފެނުމުން، ބަލި ހުރިތޯ ޔަޤީން ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ