އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/12/2019

ސަމޯއާގައި ހިމަބިހި ކޮންޓްރޯލްކޮށް، ކުއްލި ހާލަތު ނިމުމަކަށް ގެނެސްފި

ސަމޯއާގައި މިހާތަނަށް 81 މީހުން މަރުވެ 5،600 މީހުންނަށްވަނީ މި ނުރައްކާތެރި ބަލި ޖެހިފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/12/2019

Measles Samoa
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސަމޯއާގައި ފެތުރެމުން ދިޔަ ހިމަބިހި ކޮންޓްރޯލް ކުރެވިފައިވާތީވެ، އެ ޤައުމުގައި ނެރެފައިވާ ކުއްލި ހާލަތު ނިމުމަކަށް ގެނެސްފި އެވެ. 

ހަ ހަފްތާ ވަންދެން އެ ޤައުމުގައި ނެރެފައިވާ ކުއްލި ހާލަތު ނިމުމަކަށް ގެނެސްފައި މިވަނީ އެ ޤައުމުގައި ހިމަބިހި ފެތުރެމުންދިޔަ ރޭޓް ދަށްވެ، ސިއްހީ ހާލަތު ކޮންޓްރޯލް ކުރެވުމުންނެވެ.

މި ސައުތު ޕެސިފިކް ޤައުމުގައި ހިމަބިހި ހަލުވި ކަމާއެކު ފެތުރިފައިވާއިރު، މި ނުރައްކާތެރި ބަލީގައި މިހާތަނަށް ވަނީ 81 މީހަކު މަރުވެފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނޭއިރު، މި ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ 5،600 އަށް އަރާފައެވެ.

ސަމޯއާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި މިދިޔަ މަހު އެ ޤައުމުގައި ނުރައްކާތެރި ދަރަޖައަކަށް ހިމަބިހި ފެތުރެމުން ދިޔުމުގެ ސަބަބުން ސްކޫލްތަކާއި އާއްމު ދަތުރުފަތުރުތައް ބަންދުކޮށް ނެރެފައިވާ ކުއްލި ހާލަތު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިމަބިހި ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ދުނިޔޭގެ ބައެއް މުއްސަނދި ޤައުމުތައް ކަމަށްވާ އެމެރިކާ އަދި ޖަރުމަނުވިލާތުގައިވެސް މި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 

އަދި ހިމަބިހި މިހާބޮޑަށް ފެތުރެން މެދުވެރިވި އެއް ސަބަބަކީ މިފަދަ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭ ވެކްސިން ޖެހުމުން އޯޓިޒަމް ފަދަ ބަލިތަކަށް ތުއްތުކުދިން ހުށަހެޅިގެންދާކަމަށް ބުނެ ފަތުރާފައިވާ ދޮގު ތިއަރީތަކުގެ ސަބަބުން މި ވެކްސިން ކުޑަކުދިންނަށް ދިނުމަށް ގިނަ ބަޔަކު ދެކޮޅު ހެދުމެވެ.

ސަމޯއާގައި މިމަހުގެ މެދުތެރެއިން ފަށައިގެން ހިމަބި ޖެހޭ މީހުންގެ އަދަދު މަދުވާން ފަށާފައިމިވަނީ އެ ޤައުމުގެ 95 އިންސައްތައަށް ހިމަބިހީގެ ވެކްސިން ދީފައި ވަނިކޮށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ