އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/12/2019

ދުނިޔޭގެ ބައެއް ބޮޑެތި އެއާޕޯޓުތަކުން ހިމަބިހީގެ ކޭސްތައް ފެންނަން ފަށައިފި

ހިމަބިއްސަކީ އެ ބަލިޖެހިފައިވާ މީހެއް ކެއްސާއިރު ނުވަތަ އަޅާ ކިބިހީގެ ޒަރއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/12/2019

Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ބޮޑު ޗުއްޓީގައި އެމެރިކާގެ ފަސް އެއާޕޯޓަކުން ހިމަބިހީގެ ކޭސްތައް ފެނިފައިވާކަމަށް އެ ޤައުމުގެ ސިއްހީ މާހިރުން ބުނެފިއެވެ.

މި ޗުއްޓީތެރޭގައި ދަތުރުފަތުރުކޮށް އުޅުމުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށް އެމެރިކާގެ އޮފިޝަލުން ވަނީ މިދުވަސްވަރު އެމެރިކާގެ އެކި އެއާޕޯޓުތަކުން ދަތުރުކުރާ މީހުންގެ ގައިން ހިމަބިހި ފެންނަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން އޯސްޓިންބާރގްސްޓޯމް އިންޓަރނޭޝަނަލް އެއާޕޯޓަށް ދިޔަ މީހެއްގެ ގައިންވެސް ހިމަބިހި ފެނިފައިވާއިރު، މިމަހުގެ 11ވަނަ ދުވަހު ނިއުޒިލޭންޑުން އައި ވެކްސިން ނުދޭ ދެ ކުޑަކުދިންގެ ގައިންވެސް ހިމަބިހި ފެނިފައިވާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ ޑެންވާ އަދި ލޮސްއެންޖަލަސް އެއާޕޯޓުންވެސް ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އާދަޔާހިލާފަށް އިތުރަށް ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީވެ، އެމެރިކާގެ ސިއްހީ މާހިރުން މިހާރު ގެންދަނީ ވާރޖީނިއާވެސް ހިމަބިއްސަށް ތަހްލީލްކުރަމުންނެވެ. އަދި އޮހޭރް އަދި ރިޗްމޮންޑް އިންޓަރނޭޝަނަލް އެއާޕޯޓުން ހިމަބިހީގެ ކޭސްތައްފެނުން ވަރަށް ގާތްކަމަށްވެސް ސިއްހީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.

"އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ހިމަބިއްސަކީ އިންސާނާގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ބައްޔެއްކަން. އެހެންކަމުން ބަލިން ރައްކާތެރިވުމަކީ ހިމަބިހި އަދި ވެކްސިންގެ ޒަރިއްޔާއިން ރައްކާތެރިވެވޭނެ އެހެންބަލިތަކަށްވެސް އޮތް އެންމެ ބޮޑު ހައްލު". އެމެރިކާގެ އެއާޕޯޓުތަކުން ފެންނަމުންދާ ހިމަބިހީގެ ކޭސްތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން އޯސްޓިން ޕަބްލިކް ހެލްތްގެ އިންޓެރިމް ހެލްތް އޮތޯރިޓީގެ ޑޮކްޓަރ، ޑރ. މާރކް އެސްކޮޓް ވަނީ ބުނެފަ އެވެ.

ހިމަބިއްސަކީ އެ ބަލިޖެހިފައިވާ މީހެއް ކެއްސާއިރު ނުވަތަ އަޅާ ކިބިހީގެ ޒަރއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެކެވެ. އަދި މި ވައިރަސް ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހުންނަ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. 

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ކެއްސުން، ނޭފަތުން އަރިދަފުސް އައުން، ލޯ ރަތްވުން، އަދި ރަތް ކުދި ބިހި ގައިން ނެގުން ފަދަ އަލާމާތްތައް ހިމެނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ