އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 09/12/2019

27 އަހަރު ފަހުން މެލޭޝިޔާގައި ޕޯލިޔޯ

މިކުއްޖާ ފެނުނު ހިސާބުން ހެދުނު ޓެސްޓުތަކުން ދައްކާ ގޮތުގައި 2 އަހަރާއި 15 އަހަރާއި ދެމެދުގެ 199 ކުދިންގެ ތެރެއިން 23 ކުދިންނަށް ވަނީ ވެކްސިން ނުދެވިފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 09/12/2019

Malaysia Polio Vaccination
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މެލޭޝިޔާގައި 3 މަހުގެ ތުއްތު ކުއްޖަކަށް ޕޯލިޔޯ ޖެހިފައިވާ ކަމަށް ސިއްޙީ އިދާރާތަކުން ހާމަކޮށްފިއެވެ. މިއީ 27 އަހަރު ތެރޭ މެލޭޝިޔާގައި ޕޯލިޔޯ ފާޅުވި ފުރަތަމަ ފަހަރެވެ.

ޑިރެކްޓަރ ޖެނެރަކް އޮފް ހެލްތު ނޫރު ހިޝާމް އަބްދުﷲ ވިދާޅުވި ގޮތުގައި މިކުއްޖާއަކީ މެލޭޝިޔާގެ ޓައުރަން ނަމަކަށް ކިޔާ އަވަށަކަށް ނިސްބަތްވާ ކުއްޖެކެވެ. މިކުއްޖާ ޕޯލިޔޯއަށް ޓެސްޓުކުރެވުނީ ގަދަ ހުމާއި ހަށިގަނޑުގެ މަސްތައް ބަލިކަށިވުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީމައެވެ.

"މިވަގުތު މިކުއްޖާއަށް ފަރުވާދެވެނީ އެހެން މީހުންނާއި އެކަހެރި މާހައުލެއްގައި. ހާލު ރަނގަޅުކަމުގައިވީ ނަމަވެސް، ނޭވާލާން އެހީތެރިކަން ބޭނުންވޭ" އޭނާ އިތުރަށް ވިދާޅުވިއެވެ.

27 އަހަރު ފަހުން މެލޭޝިޔާގައި ޕޯލިޔޯ ފެނިފައިވަނީ މީގެ މަސްތަކެއް ކުރިން ފިލިޕީންސްގައި ޕޯލިޔޯ ރިޕޯޓު ކުރެވުމަށް ފަހުއެވެ. އެއީ 1993 ގެ ފަހުން ފިލިޕީންސްގައި ޕޯލިޔޯ ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރެވެ. ނޫރު ހިޝާމް ވިދާޅުވި ގޮތުގައި ދިރާސާތަކުން މި ދެ ޕޯލިޔޯ ވައިރަސްތަކުގައި ގުޅުމެއް ވެއެވެ.

މެލޭޝިޔާގައި މިކުއްޖާ ފެނުނު ހިސާބުން ހެދުނު ޓެސްޓުތަކުން ދައްކާ ގޮތުގައި 2 އަހަރާއި 15 އަހަރާއި ދެމެދުގެ 199 ކުދިންގެ ތެރެއިން 23 ކުދިންނަށް ވަނީ ވެކްސިން ނުދެވިފައެވެ.

ޕޯލިޔޯ އަކީ އަވަހަށް ފެތުރޭ، ފަރުވާ އެއް ނެތް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ވާގި ނެތުން މެދުވެރިވެއެވެ. މިބައްޔަށް އޮތް ހަމައެކަނި ހައްލަކީ ވެކްސިން ދިނުމެވެ.

މެލޭޝިޔާއަކީ ޕޯލިޔޯއިން ސަލާމަތްވެފައިވާ ގައުމެއްކަމަށް 2000 ވަނަ އަހަރު ވަނީ އިއުލާނު ކުރެވިފައެވެ. 

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ