އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/08/2020

އެފްރިކާއިން ވައިލްޑް ޕޯލިއޯ ނައްތާލެވި ތާރީހުގެ ތެރެއަށް

މީގެ 25 އަހަރުކުރިން އެފްރިކާއިން ވަނީ ޕޯލިއޯ ޖެހިގެން އެތައް ހާސް ކުދިންނެއް ޕެރަލައިޒް ވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/08/2020

Polio
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެފްރިކާއިން ވައިލްޑް ޕޯލިއޯ ނައްތާލެވިފައިވާކަމަށް ރަސްމީކޮށް އެފްރިކާގެ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އާންމުކޮށް ފަސް އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ޕޯލިއޯ ބަލީގެ ސަބަބުން ޕެރަލައިޒްވުމުގެ އިތުރުން ނޭވާލާ ނިޒާމަށް ވައިރަހުގެ އަސަރު ކުރުމުން ފުރާނައަށް ނުރައްކާ ހާލަތަށް ވެސް ދެއެވެ.

މީގެ 25 އަހަރުކުރިން އެފްރިކާއިން ވަނީ ޕޯލިއޯ ޖެހިގެން އެތައް ހާސް ކުދިންނެއް ޕެރަލައިޒް ވެފައެވެ. އެފްރިކާއިން ޕޯލިއޯ ނައްތާލެވިފައި މިވަނީ ބައްޔާއި މެދު އާންމުން ހޭލުންތެރިކޮށް ހިންގި ވެކްސިން ޕްރޮގްރާމް ކާމިޔާބުވުމަށް ފަހުގަ އެވެ.

މިހާތަނަށް ފަރުވާއަށް ހޯދިފައިނުވާ މި ބަލިން ރައްކާތެރިވެވެން އަދި އޮތް ހަމައެކަނި ގޮތަކީ ތުއްތުކުދިންނަށް ޅަފަތުގައި ޕޯލިއޯ ވެކްސިން ދިނުމެވެ.

އެފްރިކާގައި ޕޯލިއޯ އެންމެ ފަހަށް ނައްތާލެވުނު ޤައުމަކީ ނައިޖީރިއާ އެވެ. ނައިޖީރިއާއިން މި ބަލި ނައްތާލެވިފައި މިވަނީ އެތައް ގޮންޖެހުންތަކަކަށް ފަހުގައެވެ. އެގޮތުން އެޤައުގައި ޕޯލިއޯ ވެކްސިން ދޭން އުޅުމުގެ ތެރޭގައި ހަމަނުޖެހުން އުފައްދައި އެތައް ސިއްހީ އެހީތެރިންނެއް ވަނީ މަރާލާފައެވެ.

ދުނިޔޭގައި ޕޯލިއޯ މިހާރު ނައްތާލެވިފައި ނުވަނީ ހަމައެކަނި ޕާކިސްތާނާއި އަފްޤާނިސްތާނުންނެވެ.

ޕޯލިއޯއަކީ ތަޤައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނުންގެ ތެރޭގައި ފެތުރޭ ނުރައްކާތެރި ވައިރަސްއެކެވެ. މި ވައިރަސް އާންމު ގޮތެއްގައި ހަމަލާދެނީ އިންސާނާގެ ނާރުތަކާއި ގުޅޭ ނިޒާމަށެވެ. ނަތީޖާއެއްގެ މި ވައިރަސްޖެހި ގިނަ ބަޔަކު ވާގިނެތުމަށް މަގުފަހި ވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެފްރިކާގެ އާބާދީގެ 95 އިންސައްތަ މީހުންނަކީ މި ވައިރަހަށް އިމިއުނަޒް ވެފަ ތިބި މީހުންނެވެ. 1996 ވަނަ އަހަރުގައި އެފްރިކާ ބައްރުގައި ޕޯލިއޯ ފެތުރުނު ޤައުމުތަކުން 75،000 ކުޑަކުދިން ވަނީ ބަލިޖެހި ވާގިނެތިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ