އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/01/2020

ތުއްތު ކުދިންނަށް ހިމަބިހީގެ ވެކްސިންގެ އިތުރު ޑޯޒެއް ދޭން ނިންމައިފި

ހެލްތު މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައި ބުނީ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭން ނިންމީ އެ ކުދިންނަށް ބަލީގެ ނުރައްކާތެރިކަން ބޮޑުވާތީ ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/01/2020

HPA Vaccination Ministry of Health Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން ތުއްތު ކުދިންނަށް ހިމަބިހި ވެކްސިންގެ އިތުރު ޑޯޒެއް ދޭން ނިންމައިފި އެވެ.

ނައްތާލިކަން އިއުލާންކޮށްފައި ވަނިކޮށް ރާއްޖެއިން އަލުން ހިމަބިހި ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ، މީސަލްސް ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުދިންނާއި މީހުންނަށް ވެކްސިން ދޭން ފަށައިފަ އެވެ. މީގެކުރިން ހެލްތުން ދެމުން ދިޔައީ މީސަލްސް ވެކްސިންގެ ދެ ޑޯޒެވެ.

ހެލްތު މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައި ބުނީ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭން ނިންމީ އެ ކުދިންނަށް ބަލީގެ ނުރައްކާތެރިކަން ބޮޑުވާތީ ކަމަށެވެ.

މީގެއިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި މާލޭގައި މިއަދު ވެކްސިން ދެނީ ހަ މަސް ފުރި 18 މަސް ނުފުރޭ ތއްތު ކުދިންނަށެވެ. ހިމަބިހި ވެކްސިންގެ ފުރަތަމަ ޑޯޒް ދެނީ އުމުރުން ނުވަ މަހުގަ އެވެ. އަދި ދެ ވަނަ ޑޯޒް ދެނީ އުމުރުން 18 މަހުގަ އެވެ

އެޗްޕީއޭއިން ބުނީ މިއަދު މި ދެނީ، ޤައުމީ ވެކްސިންގެ އިތުރަށް ދެވޭ ޑޯޒެއް ކަމަށެވެ. އެއީ ހިމަބިހި ޖެހިއްޖެ ނަމަ އެކުދިންނަށް ނުރައްކާ ބޮޑުވާތީ އެވެ.

މިއަދު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ދަމަނަވެއްޓާއި، ސޯޝަލް ސެންޓަރާއި، ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭގެ ހޮސްޕިޓަލުގަ އެވެ. ވެކްސިން ދޭނީ ހެނދުނު ނުވައަކުން ހަވީރު ފަހެއް ޖަހަންދެންނެވެ.

ހިމަބިހި ހަލުވިކަމާއެކު ރާއްޖެއިން ފެތުރެމުންދާއިރު، މިހާތަނަށް ވަނީ މި ބަލީގެ ހަތަރު ކޭސް އެއް ފެނިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ