އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/12/2019

ހިމަބިހި ޖެހިގެން ސަމޯއާއިން މިހާތަނަށް 53 މީހުން މަރުވެއްޖެ

ސަމޯއާގެ ހެލްތް މިނިސްޓްރީއިން ބުނެފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި ވަނީ ހިމަބިހީގެ އިތުރު 198 ކޭހެއް ރެކޯޑްކުރެވިފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/12/2019

Measles Samoa
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސަމޯއާގައި ހިމަބިހި ޖެހިގެން މަރުވި މީހުންގެ އަދަދު 53 އަރައިފި އެވެ. ހަލުވި ސްޕީޑެއްގައި ސަމޯއާގައި ހިމަބިހި ފެތުރެމުންދާއިރު، އެނގިފައިވަގޮތުގައި މިހާތަނަށް މަރުވި 53 މީހުންގެ ތެރޭގައި 48 ކުޑަކުދިން ހިމެނެއެވެ. އަދި މަރުވެފައިވާ ގިނަ ކުދިންނަކީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންކަމަށްވެސް ސަމޯއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަމޯއާގައި ކޮންޓްރޯލް ނުކުރެވޭވަރަށް ހިމަބިހި ފެތުރުމުގެ ސަބަބުން އެ ޤައުމުގެ ސަރުކާރުން ވަނީ ހުސްވި މަހުގައި ކުއްލި ހާލަތު އިއުލާންކޮށް އެ ރަށުގެ ރައްޔިތުންނަށް ވެކްސިން ޖެހުމަށް މަޖުބޫރުކޮށްފަ އެވެ.  އާބާދީގައި ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން ދިރިއުޅޭ ސަމޯއާގެ 33،000 މީހުން ވަނީ ނޮވެމްބަރު މަހާއި ހަމަޔަށް ވެކްސިން ޖަހާފައެވެ. އަދި އޭގެފަހުން އިތުރު 58،000 މީހުން ވެކްސިން ޖަހާފައިވާކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަމޯއާގެ ހެލްތް މިނިސްޓްރީއިން ބުނެފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި ވަނީ ހިމަބިހީގެ އިތުރު 198 ކޭހެއް ރެކޯޑްކުރެވިފަ އެވެ. އަދި މިހާތަނަށް އެ ޤައުމުގައި ހިމަބިހި ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު 3700 އަށް އަރާފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. މި ބަލީގައި މިހާތަނަށް 183 މީހުން ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައިވާއިރު، އޭގެތެރޭގައި ހާލުބޮޑު 19 ކުޑަކުދިންވެސް ހިމެނެއެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަރާ ހަލުވި ކަމާއެކު ފެތުރޭ ފުއްޕާމެޔަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުނު ނަމަވެސް ބަލީގެ އަލާމާތްތައް ފެންނަން ފަށާނި ބަލި ޖެހޭތާ 10-14 ދުވަހުގެ ތެރޭގައެވެ. މި ބަލީ ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި: ކެއްސުން، ހުން އައުން، ނޭފަތުން އަރިދަފުސް އައުން، ލޯ ރަތްވުން، ކަރުތެރެ ހިކުން، އަދި އަނގަތެރޭގައި ހުދު ތިކިތަކެއް އުފެދުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމަކަށް ހެދުމަށް 2017 ވަނަ އަހަރުވަނީ ޤައުމީ ކެމްޕޭނެއް ފަށާފައެވެ. އެގޮތުން އެ ކެމްޕެއިންގައި ވަނީ ރާއްޖެގެ އާބާދީގެ 95 އިންސައްތަ މީހުންނަށް ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދީފަ އެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ