އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 27/10/2019

އިންފްލުއެންޒާ ބަލި ދުނިޔެއިން ނައްތާލުން ގާތްވެއްޖެބާ؟

އެމެރިކާގެ ސެންޓާރސް ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީ.ޑީ.ސީ) އިން މައުލޫމާތު ދޭގޮތުގައި ވައިރަސްއާ ގުޅުން ހުރި ކޭސްތަކުގެ ތެރެއިން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 9.3 މިލިއަން އާއި 49 މިލިއަން އާއި ދެމެދުގެ އަދަދަކަށް މިބަލި ވަނީ ރިޕޯޓު ކުރެވިފައެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 27/10/2019

Influenza Vaccination
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

 އިންފްލުއެންޒާއަކީ ދުނިޔޭގައި އެންމެ އާންމު އެއް ބައްޔެވެ.

އިންފްލުއެންޒާ ޖެހެނީ ދެވައްތަރެއްގެ ވައިރަސްއެއްގެ ސަބަބުންނެވެ. އިންފްލުއެންޒާ ވައިރަސް އޭ އަދި ބީގެ ސަބަބުންނެވެ. އެމެރިކާގެ ސެންޓާރސް ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީ.ޑީ.ސީ) އިން މައުލޫމާތު ދޭގޮތުގައި ވައިރަސްއާ ގުޅުން ހުރި ކޭސްތަކުގެ ތެރެއިން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 9.3 މިލިއަން އާއި 49 މިލިއަން އާއި ދެމެދުގެ އަދަދަކަށް މިބަލި ވަނީ ރިޕޯޓު ކުރެވިފައެވެ.

ވައިރަސްގެ ވައްތަރުތައް ތަފާތު ވުމުން ކޮންމެ ފަހަރަކު ޑޮކްޓަރުން ދޭންޖެހެނީ ތަފާތު ވެކްސިންއެކެވެ. ވައިރަސްގެ ބާވަތްތައް ވަރަށް ވެސް ގިނައެވެ. މިހާރު އާންމުވެފައިވާ ސްޕެޝަލް ބާވަތްތަކާއި ތަފާތު ވައިރަސް ތަކަށް ޓާރގެޓް ކޮށްގެންނޫނީ ބޭނުންވާ އަސްލު ނަތީޖާއެއް ނުލިބޭނެއެވެ.

މިއަދާހަމައަށް "ސްޓާންޑާރޑް ވެކްސިނޭޝަން" އެއް ނުވަތަ ހުރިހާ ވައްތަރުރަކަކަށް ވެސް މަސައްކަތް ކުރާ ވެކްސިން އެއް ސައިންޓިސްޓުން އަކަށް އުފެއްދިފަކާއެއް ނެތެވެ. ނަމަވެސް މިކަން ބަދަލު ކުރަން ސައިންސވެރިން އުޅޭބާއެވެ؟

ނިއުޔޯކް ސިޓީގެ މައުންޓް ސިނާއިގައި ހުންނަ އައިކަން ސްކޫލް އޮފް މެޑިސިން އައް ނިސްބަތް ވާ ރިސާޗަރުން ގެ ޓީމެއް އެހެން ޖަމިއްޔާތަކާއި ކޮލެޖުތަކެއްގެ އެހީގައި މިފަދަ ވައިރަސް ތަކާ އިދިކޮޅަށް ކުރާ ހަނގުރާމައިގެ މައިދާން ބަދަލު ކޮށްލާފަދަ ސްޓްރެޓަޖީ އެއް ވަނީ ބިނާކޮށްފައެވެ.

މީގެ އިތުރުން މި ރިސާރޗް އަކީ ޔުނިވާރސަލް ވެކްސިން އަކަށް މަގު ފަހިވާ އެއްޗަކަށް ވާނޭ ކަމުގައި ސައިންސްވެރިން ވަނީ އެބޭފުޅުންގެ އެނަލިސިސް ޕޭޕަރގައި ފާހަގަކޮށް ލެންސެޓް އިންފެކްޝަސް ޑިސީސް އަށް ހުށަހަޅާފައެވެ.

މި ދިރާސާގެ ކުރީކޮޅުގައި ތިބެ ރިސާރޗަރުން ތައް ހިމަގްލުޓިނިން އަށް ސަމާލުކަން ބަދަލު ކޮށްލަދިނީ ޕްރޮފެސާރ ޕީޓާރ ޕަލީސް އަދި ޕްރޮފޭސަރ ފްލޯރިއަން ކްރެމޭރ އެވެ. ހިމަގްލުޓިނިން އަކީ ފްލޫ ވައިރަސް ގެ ބޭރު ފަށަލާގައި ހުންނަ ޕްރޮޓީންއެކެވެ. އެ ޕްރޮޓީން އަކީ އެ ވައިރަސް ހަމަލާދޭން ބޭނުންވާ ސެލްތައް ހޯދަދޭ ބައެވެ.

ހިމަގްލުޓިންގެ ދެބާވަތެއް ވެއެވެ. އެއީ އޭގެ ބޮލާއި އޭގެ "ސްޓޯކް" އެވެ. މީގެން އޭގެ ބޮލަކީ އެކި ވައިރަސްތަކުގައި އެކިގޮތައް ހުންނަ އެއްޗެކެވެ. ނަމަވެސް މި ތަފާތު "ސްޓޯކް" ގައި ކުޑައެވެ. 

ވީމާ ސައިންސްވެރިން ވެކްސިން ހަދާފައިވަނީ ބަދަލު ނުވާ "ސްޓޯކް" އަށް އިސްކަން ދީގެން ނެވެ. އެމީހުން މި ވެކްސިން ހެދުމުގައި ބޭނުން ކުރީ "ކިމެރިކް ހީމަގްލޫޓިނިން އެވެ" (ސީ.އެޗް.އޭ).

ފޭސް 1 ގެ ކްލިނިކަލް ޓްރައިލް ގައި ސައިންސް ވެރިން ވަނީ ސިއްހަތު ރަނގަޅު މީހުން ބޭނުންކޮށްގެން އެކި ވައްތަރުގެ ވެކްސިން ސްޓްރެޓެޖީތައް (ސީ.އެޗް.އޭ) ބޭނުންކޮށް އެންމެ ގިނަ އެންޓިބޮޑީޒް ހަދާ ފްލޫއަށް އެންމެ ރަނގަޅު ވެކްސިން ހޯދަން މަސައްކަތް ކޮށްފައެވެ.

މިގޮތުން ހެދި އެއް ޓެސްޓްގައި ބޭނުން ކުރެވުނު ވެކްސިންއަކީ އެކި ވައްތަރުގެ ވައިރަސް ތަކަށް އަސަރު ކޮށް އެކި ބާވަތްތަކުގެ ފްލޫއައް ބޭނުން ކުރެވޭނޭ އެއްޗެއް ކަމަށް ވަނީ ފާހަގަވެފައެވެ.

"ނަތީޖާތަކުން ފެންނަ ގޮތުގައި ޔުނިވާރސަލް އިންފްލުއެންޒާ ވައިރަސް ވެކްސިން އެއް ހެދޭނެ. ނަމަވެސް އަދިވެސް އެބަހުރި ބަލަން ޖެހޭ އިތުރު ކަންތައް. އިތުރު ނަތީޖާތައް އަންނާނެ ދިރާސާ ނިމިގެން ދާއިރު 2019 ވަނަ އަހަރު ގެނިޔަލައް" ޕްރޮފޭސަރ ފްލޯރިއަން ކްރެމާރ ވަނީ ވިދާޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ