އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/05/2020

ގޭހުގެ އުނދަގޫވާ މީހުން ރޯދަވީއްލަން އެންމެ ރަނގަޅީ ފެންތައްޓަކާއި މޭވާއެއް!

ޑައިޓީޝަން އާސިޔާ ލަފާދެއްވަނީ ގޭހުގެ މައްސަލަ ހުންނަނަމަ ފެންތައްޓަކާއި މޭވާއަކުން ރޯދަ ވިއްލުމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/05/2020

Asiya AbdulRaheem Dietitian Fasting
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ގޭސްޓްރިކް ނުވަތަ ގޭހުގެ އުނދަގުލަކީ ވަރަށް ގިނަ މީހުން ތަޖުރިބާ ކުރާ ކަމެކެވެ. މިއީ މީހާގެ މޫޑު ހަރާބުކޮށްލާ އަދި މުޅި ދުވަސްއެއްކޮށް ހަރާބުވެ، އެތައް ތަކުލީފެއް ކުރިމަތި ކުރުވާ ކަމެކެވެ.

ހާއްސަކޮށް ރަމަޞާންމަހު ގޭހުގެ އުނދަގޫ ހުންނަ މީހުންނަށް ވަކި ގޮތަކަށް ކެއުމުގެ އާދަތައް ނުގެންގުޅެވިއްޖެނަމަ، މޭ އެންދުމާއި، ބަނޑުގައި ރިއްސުން އަދި ބައެއް ފަހަރު ބޭރަށް ހިންގުންފަދަ އުނދަގޫތައް ކުރިމަތި ކުރުވައެވެ.

އެހެންކަމުން ގޭހުގެ އުނދަގޫ ހުންނަ މީހުންނަށް ރަމަޞާންމަހު ރޯދަވީއްލާ ވަގުތު އެންމެ ރަނގަޅީ ފެންތައްޓަކާއި މޭވާއެއްކަމަށް ޑައިޓީޝަން އާސިޔާ އަބްދުއް ރަހީމް ވަނީ ވިދާޅުވެފަ އެވެ.

ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަނުން (ޝީ)އިން ކުރިއަށް ގެންދާ ފޭސްބްކް ލައިވްގައި ވާހަކަފުޅު ދައްކަވަމުން އާސިޔާ ވިދާޅުވީ 14 ނުވަތަ 12 ގަޑިއިރު ރޯދައަށް ހުންނައިރު ގޮހޮރުން ހުންނާނީ ވަރަށް ބޮޑަށް ހަކަތަ ހުސްވެފައި ކަމަށެވެ. އެހެންކަމުން ރޯދަވީއްލާ ވަގުތު އެންމެބޮޑަށް އިސްކަމެއް ދޭންވާނީ ގޮހޮރު ހިންގާލަދޭނޭ ކާނާއަކަށް ކަމަށެވެ.

އެގޮތުން ފެންތައްޓަކާއި މޭވާއަކުން ރޯދަވީއްލުމުން ގޮހޮރަށް ހަކަތަ ލިބުމުގެ އިތުރުން ގޭސްޓްރިކްވުމުން ދުރުކޮށްދޭނޭކަމަށް އާސިޔާވަނީ ވިދާޅުވެފަ އެވެ. އަދި އެއަށްފަހު 15 މިނިޓްފަހުން ލަސްލަހުން މަޑުމަޑުން އިތުރު އެއްޗެއް ކެއުމަށް އާސިޔާވަނީ އިރުޝާދު ދެއްވާފަ އެވެ.

މީގެއިތުރުން ގޭހުގެ އުނދަގޫވާ މީހުން، ރޯދަ ވީއްލާވަގުތު ތެލުލި ހެދިކާއިން ދުރުވުމަށާއި، ގަޔަށް ފަސޭހަ ހެދުމެއް ލުމަކީވެސް އެކަމުގެ އުނދަގޫ ކުޑަކޮށްދޭނޭ ކަމެކެވެ.

އާސިޔާ ވިދާޅުވީ އެންމެ މުހިއްމުކަމަކީ ހާރުކާ ގަޑިކަމަށެވެ. އެގޮތުން އަވަހަށް ހާރުކެއުމުގެ ބަދަލުގައި ވީހާވެސް ލަސްކޮށްފައި ހާރުކެއުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ. އަދި ރޭގަނޑުގެ އިތުރު ކެއުންތަކުގައި ކުޅި އަދި ތެޔޮ އެއްޗެހި މަދުކުރުމަށް އާސިޔާ ވަނީ ނަސޭހަތްތެރިވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ