އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/11/2020

މަދުން ކާއިރުވެސް ފަލަވޭތަ؟ މިއޮތީ ޑައިޓީޝަނެއްގެ ޖަވާބު!

ޖަވާބެއް ނުލިބުނު މި ހައިރާން ކުރުވަނިވި ސުވާލަށް އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް ވަނީ ޖަވާބުދެއްވާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/11/2020

Asiya AbdulRaheem Dietitian Dietetics
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަހަރެމެންގެ ތެރޭގައި ގާތްގަނޑަކަށް ގިނަ މީހުންގެ ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. މަދުން ކާއިރުވެސް ފަލަވާ ވާހަކަ އެވެ. ބައެއް ފަހަރު ސަމާސާއެއްގެ ގޮތަށް ބައެއް މީހުން ބުނެއެވެ. "އަހަރެން ފެން ފޮދެއް ބޯލިއަސް ފަލަވެއެވެ". 

ކޮންމެއަކަސް ޖަވާބެއް ނުލިބުނު މި ހައިރާން ކުރުވަނިވި ސުވާލަށް ޖަވާބުދެއްވަމުން އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް ވިދާޅުވީ ކާންޖެހޭ މިންވަރަށް ނުކެއުމަކީ ވެސް ފަލަވާން މެދުވެރިވާ ކަމެއް ކަމަށެވެ.

މިއީ ޤަބޫލުކުރަން ދަތިވި ނަމަވެސް ހަގީގަތެވެ. ޑައިޓީޝަން އާސިޔާ ވިދާޅުވި ގޮތުގައި އެމީހަކު ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ މަދުން ކާނަމަ، ކާލާ ކިތަންމެ ކުޑަ އެތިކޮޅަކުން ވެސް ފަލަވެދާނެ ކަމަށެވެ. އަދި ހާއްސަކޮށް ކޮންމެ ދުވަހަކުވެސް ޤަވާއިދުން ތިން އިރުގެ ކެއުން ނުކެވޭނަމަ މިހެން ދިމާވެދާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ޑައިޓިޝަން އާސިޔާ ވިދާޅުވިގޮތުގައި އާންމުގޮތެއްގައި ދުވާލަކު ތިންއިރު ކޭ ނަމަވެސް އެންމެ ރަނގަޅުގޮތަކީ ދުވާލަކު ފަސް އިރުގެ މައްޗަށް ބަހާލައިގެން ކެއުމެވެ. އެއީ ތިން އިރުގެ ކެއުމާއި އަދި ދެއިރަށް ހަށިގަނޑަށް ފައިދާ ހުރި ލުއި ކާނާއެއް ކެއުމެވެ.

ހަމައެހެންމެ ހުރިހާ އިރެއްގެ ކެއުމުގައި ވެސް ކާބޯތަކެތީގެ 5 ގްރޫޕް ކަމަށްވާ މޭވާ އާެި ތަރުކަަރީ، ގޮދަނުގެ ބާވަތްތައް، ޕްރޮޓީންސް ހިމެނޭ ކާނާ އަދި ކިރުގެ ބާވަތްތައް ހިމެނުމަކީ މުހިއްމު ކަމެކެވެ.

އެހެންނަމަވެސް، ކެއުމުގެ ތެރޭގައި ހަކުރު މަދުކޮށް ކެއުމާއި، އަދި ވީހާވެސް ތެޔޮމަދުކޮށް ކެއުމަށް ސަމާލުކަން ދިނުމަަށް ޑައިޓީޝަން އާސިޔާ ވަނީ އިރުޝާދު ދެއްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ