އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 02/01/2020

ޑިޓޮކްސް ޑައެޓަކީ ރަނގަޅު އެއްޗެއްނޫން- ޑައެޓިޝަން އާސިޔާ

ޓެލެވިޜަން މޯލްޑިވްސްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑައެޓިޝަން އާސިޔާ ވިދާޅުވީ ޑިޓޮކްސް ޑައެޓަކީ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 02/01/2020

Asiya AbdulRaheem Dietitian Detox Diet
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޑިޓޮކްސް ޑައެޓަކީ ރަނގަޅު އެއްޗެއްނޫން ކަމަށް މަޝްހޫރު ޑައެޓިޝަން އާސިޔާ ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޓެލެވިޜަން މޯލްޑިވްސްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާސިޔާ ވިދާޅުވީ ހަށިގަނޑުގައި އުފެދޭ ވިހަތައް ބޭރުކުރަން ޑިޓޮކްސް ޑައެޓަކީ ބޭނުން އެއްޗެއް ނޫންކަމެވެ. އެގޮތުން އިންސާނާގެ ހަށިގަނޑަކީ ފުރިހަމަ ހަށިގަނޑެއްކަމާއި ރަނގަޅު ސިއްހަތެއްގައި ހުރެ ރަނގަޅު ކާނާ ކާ މީހެއްގެ ގުރުދާ (ކިޑްނީ) އިން ހަށިގަނޑުގެ ވިހަތަކާއި ޓޮކްސިންތައް ބޭރުކުރާނެ ކަމަށެވެ.

"މޭވާ އާއި ތަރުކާރީގައި ހިމެނޭ ވިޓަމިންތަކާއި، ފައިޓޯ ކެމިކަލް އަދި އެންޓިއޮކްސިޑަންޓް، މިއެއްޗެއްސަކީ ބަރާބަރަށް ވިހަ ބޭރުކުރުވާ އެއްޗެހި" ކެއުމުގައި ހިމަނަންޖެހޭ 5 ގްރޫޕާއި ބެހޭގޮތުން ވާހަކަދައްކަވަމުން އާސިޔާ ވިދާޅުވިއެވެ.

އާސިޔާ މިވިދާޅުވާ 5 ބާވަތުގެ ކެއުމަކީ މަސް، މޭވާ، ތަރުކާރީ، ކިރު އަދި ގޮވާމާއި ފަލަމަޑީގެ ބާވަތްތަކެވެ.

މީގެ އިތުރުން އާސިޔާ ވިދާޅުވީ ޑައެޓް ހެދުމުގެ ހުއްދަ ރާއްޖޭގައި އޮތީ މިވަގުތު އެންމެ 6 ބޭފުޅުންނަށް ކަމަށެވެ. އަދި އޭގެން އެއްވެސް ބޭފުޅަކު މިފަދަ ޑައެޓެއް ނުހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ޑައެޓިޝަން އާސިޔާ  (ފޮޓޯ: ޓެލެވިޜަން މޯލްޑިވްސް)

ޑިޓޮކްސް ޑައެޓަކީ ނުވަތަ ޑިޓޮކްސް ޖޫހަކީ ބަރުދަން ލުއި ކުރަންވެސް ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ. މިކަމާ ބެހޭގޮތުން އާސިޔާ ވިދާޅުވީ ބަރުދަން ލުއި އެވަނީ ހަށިގަނޑަށް ބޭނުންވާ ބައިވަރު ބައިތައް އުނިވުމުގެ ސަބަބުން ކަމަށެވެ.

"ގިނަ އެއްޗެހީގައި (ޑިޓޮކްސް ޑައެޓުގައި) މިހެމެނެނީ ތަރުކާރީ އާއި މޭވާގެ ބާވަތް އެކަނި. މިބާވަތްތަކުން މިންހެއޮ ކެއުމެއް ކެވޭ ކަމުގައި ވާނަމަ ޑައެޓިޝަނުން ހައްދަވާފައި މިހުންނަ ޑައެޓަރީ ގައިޑްލައިންގައި 5 ބާވަތުގެ ކެއުމެއް ނުހުންނާނެ".

އެކި އެކި ބަލިތައް ހުންނަ ބޭފުޅުންނަށް ޑިޓޮކްސް ޑައެޓަކުން ކޮށްފާނެ އަސަރަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އާސިޔާ ވިދާޅުވީ، ގޭސްޓްރިކް މައްސަލަ ހުންނަ މީހުންނަށް ހުސްގޮހޮރާއި ހުރެ ހުތް މޭވާ ބުއިމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ. އަދި ހަކުރުބަލި ހުންނަ ބޭފުޅުންނަށް ޖޫސް ބުއިމަކީ މަނާކަމެއްކަމަށާއި، ނަމަވެސް ތަރުކާރީ، މޭވާ އަދި ފަލަމަޑީގެ ބާވަތްތައް ބޭނުންކުރެވޭނެ ކަމށް އާސިޔާ ވިދާޅުވިއެވެ.

ހަމަމިއާއެކު އާބާދީގެ ބޮޑުބައެއް ކަމަށްވާ ކޮލެސްޓްރޯލް މަތިވުމުން ބޭސް ބޭނުންކުރާ މީހުންނަށް ބައެއް ޑިޓޮކްސް ޑައެޓުތަކުގައި ހިމެނޭ ގްރޭޕް ފްރުޓްއަކީ ކަނޑައެޅިގެން މަނާ އެއްޗެއްކަމަށް އާސިޔާ ވިދާޅުވިއެވެ. އެގޮތުން ގްރޭޕްފްރުޓްގައި ހިމެނޭ ބާވަތަކާއި ބޭހާއި އެއްވުމުން ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ވާނެކަމަށް އާސިޔާ ފާހަގަ ކުރެއްވިއެވެ.

ޑައެޓިޝަން އާސިޔާ ވަނީ ކެއުމުގެ އެއްފަރާތަކުން ޖޫސް ބުއިމަކީ މައްސަލައެއް ނޫންކަމަށް އަލިއަޅުއްވާލައްވާފައެވެ. ނަމަވެސް ޑިޓޮކްސް ޑައެޓަކީ ނުވަތަ ޖޫހަކީ ބަރުދަން ލުއި ކުރަން، ހަކުރު އަދި ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދޭ އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ