އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 17/04/2020

ކޮވިޑް-19: ސިއްހަތު ރަނގަޅު މީހުންނަށް ރޯދައަށް ހުރެވޭނެ- ޑަބްލިއުއެޗްއޯ

ރޯދަމަހު ގޭތެރޭ ތިބެގެން ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން އިސްކަމެއް ދިނުމަށް ވަކި ކަންތަކެއް ޑަބްލިއުއެޗްއޯގެ ގައިޑްލައިންގައި އަލިއަޅުވާލާފައިވެއެވެ
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 17/04/2020

Fasting WHO COVID-19 COronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުރާސްފަތި ދުވަހު ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރޯދަމަހު ކަންތައް ކުރަންޖެހޭ ގޮތުގެ ގައިޑްލައިންއެއް ޝާއިއުކޮށްފައެވެ.

މިހާތަނަށް ރޯދަ ހިފުމާއި ކޮވިޑް-19 އާއި ގުޅިގެން އެއްވެސް ދިރާސާއެއް ކުރެވިފައިވާ ނުވާކަން މިގައިޑްލައިންގައި ޑަބްލިއުއެޗްއޯއިން ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ސިއްހަތު ރަނގަޅު މީހުންނަށް އެހެނިހެން ރޯދަމަސްތަކެކޭ އެއްފަދައިން މިރޯދަމަހުވެސް ރޯދަ ހިފޭނެކަމާއި، އަދި ބަލިވެ އުޅޭ މީހުންނަށް ދީނުގައި ދެވިފައިވާ ލުއިފަސޭހަތަކުގެ ތެރެއިންނާއި، ޑޮކްޓަރުންގެ ލަފާގެ މަތިން ރޯދަ ދޫކޮށްލެވޭނެކަން ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ. 

މީގެ އިތުރުން ރޯދަމަހު ގޭތެރޭ ތިބެގެން ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން އިސްކަމެއް ދިނުމަށް ވަކި ކަންތަކަކެއް މިގައިޑްލައިންގައި އަލިއަޅުވާލާފައިވެއެވެ. 

އެގޮތުން ކަސްރަތު ކުރުމާއި، ކޮންމެ ދުވަހަކުވެސް ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުން އަދި ގިނަ ގިނައިން ފެން ބުއިމަށް ޑަބްލިއުއެޗްއޯ އިން ބާރުއަޅާފައިވެއެވެ.

ސިނގިރޭޓު ބުއިމަކީ ކޮވިޑް-19 ގެ އަސަރުތައް އިތުރުވާނެ ކަމެއްކަން ސިއްހީ މާހިރުންވަނީ މީގެ ކުރިންވެސް ބުނެފައެވެ. ޑަބްލިއުއެޗްއޯގެ މިގައިޑްލައިންގައި މިކަމާ ގުޅިގެން ބުނެފައިވަނީ ރޯދަމަހު ހާއްސަކޮށް ސިނގިރޭޓު ބުއިމާ ދުރުވާން ޖެހޭނެ ކަމެވެ. 

އަދި ދިގުމުއްދަތަށް ސިނގިރޭޓު ބޯ މީހުންގެ ފުއްޕާމޭގެ މައްސަލަތައް ހުރުން އެކަށީގެންވުމުން، އަދި ސިނގިރޭޓު ބޯ އިރު އަތުގައި ހުރި ޖަރާސީމެއް އަނގައިގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތުމުން ސިނގިރޭޓު ބުއިމާއި ދުރުވުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ލަފާ ދީފައެވެ.

މިފަދަ ދުވަސްވަރެއްގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަމެއް ދިނުމަށްވެސް ޑަބްލިއުއެޗްއޯ އިން ގޮވާލާފައިވެއެވެ. އެގޮތުން އާއިލާ އާއި ރައްޓެހިންނާއި އޮންނަ ގުޅުން ވަރުގަދަކޮށް ވާހަކަތައް ހިއްސާ ކުރުމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. ނަމަވެސް މިކަމުގައި ގައިދުރު ކުރުން އިސްކޮށް އިންޓަރނެޓްގެ ޒަރިއްޔާއިން ވާހަކަދެއްކުން ޚިޔާރު ކުރަން ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ފަހު ކަމަކަށް، މިދުވަސްވަރަކީ އެންމެންވެސް ގޭތެރޭ ހުންނަ ދުވަސްވަރަކަށް ވުމުން އަންހެނުންނާއި ކުޑަކުދިން އަދި ނުކުޅެދޭ މީހުންނަށް ކުރެވޭ ގެވެށި އަނިޔާ އިތުރުވާނެ ކަން ޑަބްލިއުއެޗްއޯ އިން ވަނީ ލަފާ ކޮށްފައެވެ. މިކަން މަދުކުރުމަށް އެހީތެރިވުމުގެ ގޮތުން މުޖުތަމައުގެ ދީނީ އިލްމުވެރިން މަސައްކަތްކޮށްދެއްވުމަށްވެސް ޑަބްލިއުއެޗްއޯއިން ގޮވާލާފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ