އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/04/2020

ސަމާލުވޭ! މިއީ އެންމެބޮޑަށް ޑެންގޫ ފެތުރޭ ދުވަސްވަރު

އެޗްޕީއޭއިން ބުނިގޮތުގައި އެހެންމަސްތަކާއި އަޅާބަލާއިރު ރާއްޖޭގައި އޭޕްރީލް މަހުންފެށިގެން ޖޫން މަހާއި ހަމަޔަށް ޑެންގޫގެ ކޭސްތައް އަބަދުވެސް އިތުރުވާ ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/04/2020

Dengue HPA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ދުވަސްވަރަކީ އާންމު ގޮތެއްގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވާ ދުވަސްކޮޅެއްކަމުން އާންމުންގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އެހެންމަސްތަކާއި އަޅާބަލާއިރު ރާއްޖޭގައި އޭޕްރީލް މަހުންފެށިގެން ޖޫން މަހާއި ހަމަޔަށް ޑެންގޫގެ ކޭސްތައް އަބަދުވެސް އިތުރުވާ ކަމަށެވެ. 

ޑެންގޫ ހުމަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ހުމެކެވެ. ޑެންގޫ ހުން ފެތުރެނީ ޖަރާސީމު އަށަގެންފައިވާ އަންހެން މަދިރީގެ ޒަރީޢާއިންނެވެ.

އެޗްޕީއޭއިން ވަނީ މި ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ގިނަ ދުވަސްވަންދެން ފެން ހަރުލާފައި ހުންނަ ތަންތަން ސާފުކޮށް ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.

ޑެންގޫ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

 ގަދައަށް ހުންއައުން ( އާންމު ގޮތެއްގައި 105 ފެރެންހައިޓަށް ހުންގަދަވުން )
 އާދަޔާ ޚިލާފަށް ބޮލުގަޔާއި، ގައިގައި ރިއްސުން
 ގައިގައި ބިހިނެގުމާއި، ކަހާ ހިރުވުން
 ހިރުގަނޑުންނާއި ނޭފަތުން ލޭއައުން
 ހުޅުހުޅުގަޔާއި، މަސްތަކުގައި ރިއްސުން
 މޭނުބައިކުރުން
 ހޮޑުލުން
 ކާހިތްނުވުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ