އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/12/2020

އިނގިރޭސިވިލާތުން އަންނަ މީހުން ކަރަންޓީނު ކުރަނީ

އިނގިރޭސިވިލާތުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/12/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގިރޭސިވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ. މި ނިންމުން ނިންމާފައި ވަނީ އިނގިރޭސިވިލާތުން ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެޗްޕީއޭއިން ބުނީ، ކަރަންޓީނު ކުރަން ނިންމާފައި ވަނީ ރާއްޖެ ޒިޔާރަތް ކުރުމުގެ 14 ދުވަސް ކުރިން އިނގިރޭސިވިލާތުގައި އުޅެފައި އަދި އެ ގައުމުގައި 12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން ކަމަށެވެ. އަދި އެފަދަ މީހުން ކަރަންޓީނު ކުރާނީ 10 ދުވަހުގެ މުއްދަތަކަށް ގޭގައި ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

އިނގިރޭސިވިލާތުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާ ކަމަށް އެ ގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވާއިރު، ކޮވިޑުގެ އާ ވެރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލަންޑަސް އިން ފެނިފައިވާ ކަމަށް އެ ގައުމު ތަކުން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ފަސެންޖަރުންނަށް، އަންނަ ހޯމަ ދުވަހުން ފަށައިގެން އެމެރިކާއަށް އެތެރެ ވެވޭނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ނެގެޓިވް ޓެސްޓެއްގެ ނަތީޖާ ހިފައިގެން ކަމަށާ، އެއީ 3 ދުވަހުގެ މުހުލަތު ހަމަ ނުވާ ޓެސްޓަކަށް ވާންޖެހޭ ކަމަށްވެސް ވަނީ ލާޒިމު ކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ