އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/12/2020

ވެކްސިން ޖެހިޔަސް މާސްކް އަޅަން ޖެހޭނެ: އެޗްޕީއޭ

ކުރިއަށް އޮތް 3 ތިން މަސްތެރޭގައި ރާއްޖޭގައި ކޮވިޑު ވެކްސިން ދޭން ފެށޭނެއެވެ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/12/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19އަށް އަހަރެއް ފުރިފައިވާއިރު، މި ބައްޔަށް ވެކްސިނެއް ވެސް މިވަނީ ހޯދިފަ އެވެ. ހާއްސަކޮށް ރާއްޖެ ކަހަލަ ކުޑަ ޤައުމެއްގައި ކުރިއަށް އޮތް 3 ތިން މަސްތެރޭގައި ކޮވިޑު ވެކްސިން ދޭން ފެށުމަކީ ވަރަށް ވެސް ބޮޑު ކުރިއެރުމެކެވެ.

އެހެންނަމަވެސް ކޮވިޑް ވެކްސިން އާއެކު މި ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުން އަދި ރެކެވޭކަށް ނެތެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާ ގޮތުންނަމަ ވެކްސިން ލިބި ވެކްސިން ޖެހިނަމަވެސް، މާސްކް އެޅުމާއި، އަތްދޮވުން، 3 ފޫޓުގެ ގައިދުރުކަން ބެހެއްޓުން އަދި ކެއްސާ ކިބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުން ވަރަށް މުހިއްމެވެ.

ކޮވިޑް-19 ވެކްސިން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން އޮތް ނަމަވެސް އަދި ރާއްޖޭގެ އާބާދީއަށް އެއްކޮށް ވެކްސިން ނުދެވޭނެކަމަށް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް ސަރުކާރުން ވަނީ މިވަގުތަށް ވެކްސިން ދިނުން އެންމެ މުހިއްމު ފަރާތްތައް ކަމަށްވާ އުމުރުން ދުވަސްވީ އަދި ބޮޑެތި ބަލިތައް ތަހައްމަލް ކުރާ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުމަށް ނިންމާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ