އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/08/2020

އެޗްއީއޯސީއަށް ހެލްތު ޕްރޮފެޝަނަލްސް ހޯދަނީ

ގްރޭޓާ މާލޭ އޭރިއާގެ އިތުރުން ރާއްޖޭގެ ގިނަ އަތޮޅުތަކަކުން ވެސް ވަނީ ކޮރޯނާވައިރަސް ފެނިފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/08/2020

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 ޕެންޑަމިކް އާއި ގުޅިގެން ހެލްތު މިނިސްޓްރީއިން އެކުލަވާލި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީއަށް) ހެލްތު ޕްރޮފެޝަނަލްސް ބޭނުންވެގެން އިއުލާންކޮށްފި އެވެ.

އެޗްއީއޯސީއިން ސިއްހީ އެހީތެރިން ހޯދުމަށް އިއުލާންކޮށްފައި މިވަނީ ރާއްޖޭގައި މި ވައިރަސް ބާރު ސްޕީޑެއްގައި ފެތުރެމުންދާ ދުވަސްވަރެއްގަ އެވެ. އެގޮތުން ގްރޭޓާ މާލޭ އޭރިއާގެ އިތުރުން ރާއްޖޭގެ ގިނަ އަތޮޅުތަކަކުން ވެސް ވަނީ މި ވައިރަސް ފެނިފަ އެވެ.

އަލަށް އެ ސެންޓަރުން ކުރި އިއުލާންގައި ސިއްހީ އެހީތެރިން ބޭނުންވާ މަޤާމްތަކުގެ ގޮތުގައި ބުނެފައިވަނީ މެޑިކަލް އޮފިސަރ، ރެޖިސްޓަރޑް ނަރުހުން، އެންރޯލްޑް ނަރުހުންގެ އިތުރުން ހެލްތް ވޯކަރުންނެވެ.

އިތުރަށް ސިއްހީ އެހީތެރިން ހޯދުމުގެ މަޤްސަދަކީ ކޯވިޑް-19 އާއި  ގުޅުގެން އެޗްއީއޯސީ އާއި އަދި ކޯވިޑްގެ ބަލިމީހުންނަށް ސިއްހީ ހިދުމަތް ދިނުންކަމަށް މި އިުލާންގައިވަނީ ބުނެފަ އެވެ.

އެހެންކަމުން ޝައުޤގުވެރިވާ ފަރާތްތަކުން 31 އޮގަސްޓްގެ ކުރިން، އެފަރާތެއްގެ ލައިސަންސް އަދި ރަޖިސްޓްރޭޝަން އާއެކު hr.heoc@health.gov.mv އަށް އީމެއިލް ކުރުމަށް އެ ސެންޓަރުގެ އިއުލާންގައި ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ