އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/02/2020

އެޗްޕީވީ ވެކްސިނުގެ އެންމެ ޑޯޒަކުންވެސް ރަހިމުގެ ދޮރަށް ކެންސަރު ޖެހުމުން ރައްކާތެރިކޮށްދޭ: ދިރާސާ

އެމެރިކާގެ ރިސާޗަރުންތަކެއް ހެދި މި ދިރާސާއިން ދައްކާގޮތުގައި އެޗްޕީވީގެ އެންމެ ޑޯޒަކުންވެސް ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިވެވިދާނެ އެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/02/2020

Research Cervical Cancer HPV vaccine
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސާވިކަލް ކެންސަރ (ރަހިމުގެ ދޮރަށްޖެހޭ) ކެންސަރަކީ ގިނަ އަންހެނުންނެއް ތަހައްމަލްކުރަމުންދާ ކެންސަރެކެވެ.

އާއްމުގޮތެއްގައި އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށް މި ކެންސަރުޖެހޭ އެއް ސަބަބަކީ ހިއުމަންޕެޕިލޮމާ ވައިރަސް (އެޗްޕީވީ) އަށް ހާއްސަ ވެކްސިން ނުޖެހުމެވެ. އެޗްޕީވީ އަކީ ޖިންސީ ގުޅުމުގެ ސަބަބުން ފެތުރޭ ވައިރަހެކެވެ. މި ވައިރަހަކީ ނުރައްކާތެރިކަން ކުޑަ އަދި އަވަހަށް ރަނގަޅުވާ ވައިރަހެއް ނަމަވެސް ބައެއްފަހަރު މި ވައިރަހުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް މަގުފަހި ވެއެވެ.

އެމެރިކާގެ ރިސާޗަރުންތަކެއް ހެދި މި ދިރާސާއިން ދައްކާގޮތުގައި އެޗްޕީވީގެ އެންމެ ޑޯޒަކުންވެސް ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިވެވިދާނެ އެވެ. 

މި ދިރާސާ ހެދުމަށްޓަކައި ދަ ޔުނިވަރސިޓީ އޮފް ޓެކްސަސްގެ މެޑިކަލް ބްރާންޗުންވަނީ އުމުރުން ނުވަ އަހަރާއި 28 އަހަރައި ދެމެދުގެ 133،082 އަންހެނުން ބޭނުންކޮށްފައެވެ. މި އެންމެންނަކީވެސް ކުރިން މާބަޑުވެފައިނުވާ އަދި ޖިންސީ ގުޅުމުން އަރާ އެއްވެސް ބައްޔެއްގެ ހިސްޓްރީ ނެތް މީހުންނެވެ. 

ދިރާސާ ހަދާފައިވާ މި މީހުންގެ ތެރެއިން 66،541 މީހުންނަށް ވަނީ 2006 ވަނަ އަހަރުގެ ޖެނުއަރީއިން ފެށިގެން 2015 ވަނަ އަހަރުގެ ޖޫން މަހާއި ހަމަޔަށް އެޗްޕީވީ ވެކްސިންގެ އެއް ޑޯޒު ނުވަތަ އެއަށްވުރެ ގިނަ ޑޯޒު ޖަހާފައެވެ. އަދި ބާކީ ތިބި 66،541 މީހުން އެޗްޕީވީގެ ވެކްސިން އެއްގޮތަކަށްވެސް ޖަހާފައެއް ނުވެއެވެ.

މި ދިރާސާގެ ފާހަގަވި ހޯދުންތައް ވަނީ ކެންސަރަށް ހާއްސަ ޖާނަލެއްގައި ޝާއިއުކޮށްފައެވެ. ދިރާސާއިން ފާހަގަވި ހޯދުންތަކުގައި ވާގޮތުން އުމުރުން 15 އާއި 19 އަހަރާއި ދެމެދި އެޗްޕީވީ ވެކްސިންގެ އެއް ޑޯޒު އަދި އެއަށްވުރެ ގިނަ ޑޯޒު ޖަހާފައިވާ މީހުންނަށް ރަހިމުގެ ދޮރަށް ކެންސަރު ޖެހުމުގެ ފުރުސަތު ވެކްސިން އެއްގޮތަކަށްވެސް ނުޖަހާ މީހުންނަށްވުރެ ކުޑައެވެ.

އެގޮތުން ވެކްސިނުގެ ދެތިން ޑޯޒު ފުރިހަމަކޮށްފައިވާ ފުރާވަރުގެ ކުދިންނަށް މި ކެންސަރު ޖެހުމުގެ ފުރުސަތު 36 އިންސައްތަ، 28 އިންސައްތަ އަދި 34 އިންސައްތައަށް ކުޑަކަން ވަނީ ފާހަގަވެފައެވެ. 

އެހެންކަމުން އެޗްޕީވީގެ އެންމެ ޑޯޒަކުންވެސް ސާވިކަލް ކެންސަރު ޖެހުމުގެ ފުރަސަތު ކުޑަކޮށްދޭކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ދިރާސާގައި ބައިވެރިވި 15 އަހަރުން ދަށުގެ ކުދިންނާއި 20 އަހަރުން މަތީގެ އަންހެނުންނަށް ވެކްސިން ޖެހުމުގެ ސަބަބުން މި ކެންސަރު ޖެހުމުގެ ފުރުސަތަށް އަސަރު ނުކުރާ ކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

"މި ދިރާސާއިން އެނގެނީ ޅައުމުރުގައި އެޗްޕީވީ ވެކްސިން ދިނުމަކީ ދިގު މުއްދަތަކަށް އޭގެ އަސަރުކުރާނޭ ކަމެއްކަން" ދިރާސާގެ ލިޔުންތެރިޔާ ޑރ. އެނާ ވަނީ ބުނެފަ އެވެ. "މި ވެކްސިންގެ މުހިއްމު ކަމާ މެދު ބެލެނެވެރިން ހޭލުންތެރި ކުރުމަކީ މުހިއްމު ކަމެއް."

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ