އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/01/2021

ސާވިކަލް ކެންސަރަށް ސްކްރީން ކޮށްފިންތަ؟

އާންމުކޮށް ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ތަހައްމަލްކުރަނީ އުމުރުން 35 އަހަރުން މަތީގެ އަންހެނުންނަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/01/2021

Cervical Cancer
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ 18 އިން 24 ފާހަގަކުރަނީ ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ނުވަތަ ސާވިކަލް ކެންސަރަށް ހޭލުންތެރިކުރުވުމަށެވެ. އެގޮތުން މިދިޔަ އަހަރު މުޅި ދުނިޔެއިން ނައްތާލުމަށް ޑަބްލިޔުއެޗްއޯއިން އަމާޒު ހިފާފައިވާ ސާވިކަލް ކެންސަރަށް ހޭލުންތެރިކުރުވުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރަކީ އުރަމަތީގެ ކެންސަރަށްފަހު ދެވަނައަށް އެންމެ ގިނަ އަންހެނުން ތަހައްމަލްކުރާ ކެންސަރުގެ ބާވަތެވެ. އަދި މިއީ ދުރާލާ ފިޔަވަޅު އަޅައިފިނަމަ އެންމެ ފަސޭހައިން ރައްކާތެރިވެވޭނެ ކެންސަރުގެ ބާވަތެވެ.

އާންމުކޮށް ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ތަހައްމަލްކުރަނީ އުމުރުން 35 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި ބައެއް ފަހަރު އުމުރުން 20 އަހަރުގައި ވެސް މި ކެންސަރު ޖެހެއެވެ. މި ކެންސަރުން ރައްކާތެރިވުމަށްޓަކައި ވަނީ ވެކްސިނެއް ވެސް އުފައްދާފަ އެވެ.

ރަހިމުގެ ދޮރަށް ކެންސަރު ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބަކީ ހިއުމަން ޕެޕިލޮމާވައިރަސް (އެޗްޕީވީ) އެވެ. އެހެންކަމުން މި ކެންސަރުން ރައްކާތެރިވުމަށްޓަކައި އަންހެން ކުދިންނަށް ޅައުމުރުގައި އެޗްޕީވީ ވެކްސިން ދިނުމަށް ޑަބްލިޔުއެޗްއޯއިން ބާރުއަޅައެވެ. ސަބަބަކީ މި ވެކްސިންގެ އެހީގައި ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ދިފާއު ވެވޭތީއެވެ.

މި ކެންސަރު ޖެހިފައިވޭތޯ ބެލުމަށް ސްކްރީން ކުރުން މިހާރުވެސް ގިނަ ސިއްހީ ފަރުވާދޭ ތަންތަނުގައި ކުރިއަށް ގެންދެއެވެ. އެގޮތުން މި ބަލީގެ އަލާމާތްތައް ކުރިއަށް ދެނެގަނެ ބައްޔާއި ގުޅުން ހުރި ސިއްހީ އެހީތެރިއެއްގެ ލަފާ ބަރާބަރަށް ހޯދުމަކީ މުހިއްމު ކަމެކެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ އަލާމާތްތައް:

އަބަދުވެސް ލޭ ކުލަ ފެންނަން ހުރުން 
ޕީރިއަޑް ރަނގަޅުނުވެ ދިގުދެމިގެން ދިއުމާއި، އާދަޔާ ހިލާފަށް ގިނައިން ލޭ ފޭބުން
ދެމަފިރިކަމުގެ ގުޅުން ހިންގުމުން ލޭ އައުން
ވެޖައިނަލް ޑިސްޗާޖަސް އާދަޔާ ހިލާފަށް ގިނައިން އައުން
އިއްދައިން ކެނޑުމަށްފަހު ވެސް ލޭފޭބުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ