އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/12/2019

ޕިއްޒާގައި ހިމެނޭ ކެލޮރީސް ވިރުވާލުމަށް ހަތަރު ގަޑިއިރު ހިނގަންޖެހޭ – ދިރާސާ

މިދިރާސާ ޝާއިއުކޮށްފައިވަނީ އެޕިޑެމިއޮލޮޖީ އެންޑް ކޮމިއުނިޓީ ހެލްތް ޖާނަލްގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/12/2019

Exercise Calories
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިރިއުޅުމުގެ ބިޒީ ޝެޑިއުލްގެ ތެރެއިން ކެއުމަށް ވަގުތު ހުސްކުރުމަކީ ގިނަ މީހުންނަށް ފަސޭހަ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ދިރިއުޅެވޭނީ ކައިގެން ކަމަށްވާތީވެ، ކާ މީހުންވެސް މަދެއް ނޫނެވެ. ހާއްސަކޮށް މިފަދަ މީހުންނަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ހޯދައިގެން ކެއުންވަނީ ގޮންޖެހުމަކަށެވެ. އެއާ ހިލާފަށް އަގަޔަށް މީރު ފަސޭހައިން ތައްޔާރުކުރާ ފާސްޓްފުޑް ކާ ހިތްވާ މީހުންނަށް، އަދި ހާއްސަކޮށް ޕިއްޒާއަށް ލޯބިކުރާ މީހުންނަށް މިފަހަރު އޮތީ މާ އުފާވެރި ހަބަރެއް ނޫނެވެ.

ދާދި ފަހުން ހެދި ދިރާސާ އަކުން ދައްކާގޮތުން ނަމަ ޕިއްޒާއެއްގައި ހިމެނޭ ކެލޮރީސް ހަށިގަނޑުން ވިރުވާލުމަށް މަދުވެގެން ހަތަރު ގަޑިއިރު ހިނގަންޖެހެއެވެ. އިންގްލޭންޑްގައި ހުންނަ ލޮގްބޮރޯގް ޔުނިވަރސިޓީގެ ރިސާޗަރުންތަކެއް ހެދި މި ދިރާސާއިން ދައްކާގޮތުގައި ޕިއްޒާއެއްގައި ހިމެނޭ ކެލޮރީސް ހަށިގަނޑުން ވިރުވާލުމަށް 4 ގަޑިއިރު ހޭދަކުރަން ޖެހޭއިރު، އަގަޔަށް އެހާމެ މީރު ޗޮކްލެޓްގެ އެންމެ ބާރ އަކުން ލިބޭ ކެލޮރީސްތައް ވިރުވުމަށްޓަކައި މަދުވެގެން 22 މިނެޓް ދުވަން ޖެހެއެވެ. އަދި މިފަދަ ލޭބަލްތަކުގެ ސަބަބުން މީހުން ހަށިގަނޑަށް ގެއްލުން ލިބޭ ކެއުންތަކާއި މަދުން ނަމަވެސް ދުރުވާކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

އެޕިޑެމިއޮލޮޖީ އެންޑް ކޮމިއުނިޓީ ހެލްތް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން ހަކުރު ހިމެނޭ ބުއިމެއްގެ ސަބަބުން ލިބޭ ކެލޮރީސްތައް ވިރުވުމަށް 13 މިނިޓް ދުވަން ނުވަތަ 26 މިނިޓް ހިނގަން ޖެހެއެވެ. އަދި ފާސްޓްފުޑްގެ ތެރޭގައި ހިމެނޭ ކްރިސްޕް ޕެކެޓަކުން ލިބިދޭ ކެލޮރީސް ވިރުވުމަށް 16 މިނިޓް ދުވަން ނުވަތަ 31 މިނިޓް ހިނގަން ޖެހެއެވެ. 

ހަށިގަނޑަށް ގެއްލުންހުރި މިފަދަ ކެއުމާއި ބުއިންތަކުން ދުރުވުމަށްޓަކައި ކުރެވިދާނެ ދިރާސާ ޓީމުންވަނީ ތިން ކަމެއް ފާހަގަކޮށްފައެވެ.

  • ހަށިގަނޑަށް ކެލޮރީސް ބޭނުންވާ މިންވަރު ހޯދުމަށް ހިސާބުހެދުން   
  • ހަށިގަނޑަށް ލިބޭ ކެލޮރީސްއަކީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ނުލިބޭފަދަ ކެލޮރީސްތަކެއްކަން ޔަގީންކުރުން
  • ބޭރުތެރެއިން ލިބެންހުންނަ ހޫނު ބުއިންތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވުން

މި ދިރާސާ ޓީމުގައި ހިމެނޭ ލީޑިން ރިސާޗަރ ޕްރޮފެސަރ އަމަންޑާ ޑާލޭ ބުނިގޮތުގައި އެމީހުންގެ ދިރާސާގެ ބޭނުމަކީ އާއްމުންނަށް އެމީހުންގެ އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ކާނާ އިހްތިޔާރު ކުރުމަށް އެހީވެދިނުމުގެ އިތުރުން ގިނައިން ހަރަކާތްތެރިވެ އުޅުމަށް އެއްބާރުލުން ދިނުން ކަމަށެވެ. ހަމައެހެންމެ "ކަސްރަތު ކެލޮރީސް" ވަކިން އެނގޭނެހެން ލޭބަލްކޮށްފައި ހުންނަނަމަ ކޮންމެ މީހަކަށްވެސް އެ ކެވޭ އެއްޗެއް ދުރާލާ އެނގޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ކެލޮރީސް އާއި ގުޅޭގޮތުން އެނގެނީ ކިހާ މިންވަރަކަށް؟

  • ކެއުމަށް ބުއިމަށް ބޭނުންކުރާ ކާނާތަކުގައި ކެލޮރީސް މިންކޮށްފައި ހުންނާނީ (kcal) އިން
  • ކެލޮރީސް އެހީތެރިވަނީ އިންސާނާގެ ހަށިގަނޑު ފަންކްޝަން ކުރުމަށް
  • އެހެންނަމަވެސް މާގިނަ ކެލޮރީސްއަކީ، އެ ހަށިގަނޑުން ވިރުވައިނުލައިފިނަމަ އޮބޭސިޓީ ތަހައްމަލްކުރަން ޖެހިދާނެ އެއްޗެއް
  • ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ކެލޮރީސް ބޭނުންވާ ވަރަށްވުރެ އިތުރަށް ލިބޭނަމަ ހަށިގަނޑުގައި ސަރުބީގެ ގޮތުގައި ކެލޮރީސް ޖަމާވާނެ
  • އާދައިގެ މަތިން ކޮންމެ ފިރިހެނަކަށް ދުވާލަކަށް ބޭނުންވާނީ 2،500 ކެލޮރީސް އަދި އަންހެނަކަށް 2000 ކެލޮރީސް

މި ދިރާސާއާއިއެކު އެމެރިކާގެ ދަ ރޯޔަލް ސޮސައިޓީ ފޯ ޕަބްލިކް ހެލްތުން ވަނީ "ކަސްރަތު ކެލޮރީސް" ލާބަލް ޖަހައިގެން ކާބޯތަކެތި ނެރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ކުޑަކަމަކުން ބޮޑު ނަތީޖާއެއް ނެރެވިދާނެ ކަމަށްވެސް އެ ސޮސައިޓީއިން ވަނީ ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ