އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/11/2019

ރ. ދުވާފަރުގެ ރައްޔިތުންނަށް އަމާޒުކޮށް ކަސްރަތު ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވެއްޖެ

މި ޕްރޮގްރާމްއަށް ދެވިފައިވާ ނަމަކީ "ހަށިހެޔޮ ދުޅަހެޔޮ" އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/11/2019

Dhuvaafaru Health Center Exercise
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

"ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމްގެ ދަށުން ރ. ދުވާފަރުގެ ރައްޔިތުންނަށް އަމާޒުކޮށް ކަސްރަތު ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެމްއެންޑީއެފް ނޮދާރން އޭރިއާ އާއި ދުވާފަރުގެ ސިއްހީ މަރުކަޒު ގުޅިގެން ބާއްވާ މި ކަސްރަތު ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ 10 ނޮވެމްބަރު ވާ އާދިއްތަ ދުވަހުގަ އެވެ. އަދި މި ކަސްރަތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ހަފްތާގެ މުއްދަތަކަށެވެ.

ރ. ދުވާފަރުގެ ސިއްހީ މަރުކަޒާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވި އާމިރު އަހުމަދު ވިދާޅުވީ މި ކަސްރަތު ޕްރޮގްރާމް ތަކަކީ ދެ ޖިންސަށް ވެސް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި މި ޕްރާގްރާމް ގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އާމިރު ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން އާމިރު ވިދާޅުވީ މި ޕްރޮގްރާމަށް ނަންނޯޓު ކުރުމަށް ހުޅުވާލި މުއްދަތުގައި އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ޕްރޮގްރާމަށް ލިބިފައިވާ ކަމަށެވެ. އެގޮތުން 50 މީހުން މިހާތަނަށް ނަންނޯޓުކޮށްފައިވާ ކަމަށް އާމިރުވަނީ ވިދާޅުވެފަ އެވެ. 

މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މަގްސަދަކީ އާއްމު ސިއްހަތަށް އާއްމުން ހޭލުންތެރިކުރުވުން ކަމަށްވެސް އާމިރުވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ