އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/12/2019

ޑެންގީ އަދި އިންފުލުއެންޒާއަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު އިތުރުވެއްޖެ- އެޗްޕީއޭ

މިއަހަރުގެ ނިމުމަކާއި ހިސާބަށް އައިއިރު ޑެންގީ އަދި އިންފުލުއެންޒާއަށް ޓެސްޓުކޮށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/12/2019

Dengue HPA Influenza
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަހަރުގެ ނިމުމަކާއި ހިސާބަށް އައިއިރު ޑެންގީ އަދި އިންފުލުއެންޒާއަށް ޓެސްޓުކޮށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ. 

މިއަހަރު ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ހާމަކުރުމަށް އެޗްޕީއޭއިން ނެރެފައިވާ ރިޕޯޓުގައި ވާގޮތުން 2018 ވަނަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ޑެންގީ ޖެހިގެން ޖުމްލަ 4141 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

ޑެންގީއަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމުން މި ބަލިން ރައްކާތެރިވުމަށް، ހަށިގަނޑު ރަނގަޅަށް ނިވައިކޮށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ، މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި މަދިރިން ރައްކާތެރިވުމަށް ފެން ހަރުލާފަދަ ކުނި ގޭތެރެއަށާއި މަގުމައްޗަށް ނޭޅުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭގެ ރިޕޯޓުގައި ވާގޮތުން މިއަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ފާއިތުވި ނޮވެމްބަރު މަހު އިންފުލުއެންޒާއަށް ޓެސްޓުކޮށް އަދި ޕޮޒިޓިވްވެފައިވާ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އޮކްޓޫބަރުމަހު 38 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު، ނޮވެމްބަރުމަހު އިންފުލުއެންޒާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 216އަށް އަރާފައެވެ. މިއަހަރުގެ މިހާތަނަށް 553 މީހުންވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. އަދި އިންފުލުއެންޒާއަށް ޓެސްޓުކުރާ ފަރާތްތަކަކީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ބަލިބޮޑުވެ އެނދުމަތި ކުރެވިފައިވާ ފަރާތްތައް ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު މަދުކަންވެސް އެޗްޕީއޭ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި ހަމައެހެންމެ ފާނަބަސަންދު އަދި ހޭންޑް ފުޓް އެންޑް މައުތް ފަދަ ބަލިތައްވެސް އާއްމުކޮށް އުޅޭ މިންވަރަށްވުރެ އިތުރުވެފައި ނުވާކަމަށް އެ އެޖެންސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ރިޕޯޓުގައިވަނީ މި ބަލިތަކުން ރައްކާތެރިވުމަށް އަމިއްލަ ސާފުތާހިރު ކަމަށް އިސްކަމެއްދީ އަދި ދިރިއުޅޭ މުޖުތަމައު ސާފުތާހިރުކޮށް ބެހެއްޓުމުގެ އިތުރުން ބަލި ޖެހިފައިވާ މީހުން ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށް އެދިފައެވެ.  އަދި ބަލީގެ ނުރައްކާ ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ