އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/12/2019

ނޮވެމްބަރު މަހު 112 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވްވެއްޖެ

އެޗްޕީއޭގެ ރިޕޯޓުގައި ބުނާގޮތުން މިއަހަރު އެންމެ ގިނަ އަދަދެއްގެ މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވަނީ ހުސްވި ނޮވެމްބަރު މަހުގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/12/2019

Dengue HPA Influenza
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަހަރުގެ ނޮވެމްބަރު މަހު ޖުމްލަ 112 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑެންގީ އަދި އިންފުލުއެންޒާ ހަފްތާ ރިޕޯޓުން ދައްކައިފި އެވެ.

އެޗްޕީއޭގެ ރިޕޯޓުގައި ބުނާގޮތުން މިއަހަރު އެންމެ ގިނަ އަދަދެއްގެ މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވަނީ ހުސްވި ނޮވެމްބަރު މަހުގައެވެ. އެގޮތުން ނޮވެމްބަރު މަހު ޖުމްލަ 287 މީހަކު އިންފުލުއެންޒާއަށް ޓެސްޓު ކޮށްފައިވާއިރު، އެތަނުން 112 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ. 

ހަފްތާ ރިޕޯޓުގައި އިތުރަށް ބުނެފައިވާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވަނީ މާލޭގެ އިތުރުން ރ. އަތޮޅާއި ކ. އަތޮޅުންނެވެ.

އެޗްޕީއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ޑެންގީގެ ޖުމްލަ 4817 ކޭސްއެއް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އެހެން އަހަރުތަކުގެ މިދުވަސްވަރާއި އަޅާބަލާއިރު، މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓު ކުރާ އަދަދ އިތުރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޮކްޓޯބަރު މަހާއި އަޅާބަލާއި ނޮވެމްބަރު މަހު ޑެންގީ ކޭސް ރިޕޯޓުކޮށްފައިވާ އަދަދު މަދުކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ. 

އޮކްޓޯބަރު އަދި ނޮވެމްބަރުމަހު ޑެންގީ ޖެހިގެން އެންމެ ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވަނީ ނ، ބ، ކ، ދ މި އަތޮޅުތަކުގެ އިތުރުން ހުޅުމާލެއިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ