އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/11/2019

އުމްރާގެ އަޅުކަމަށް ދާއިރު ސިއްހީގޮތުން ރައްކާތެރިވޭ

ކޮންމެ އަހަރަކު ހައްޖު އަދި އުމްރާގެ އަޅުކަން އަދާ ކުރުމަށްޓަކައި 2-3 މިލިއަން މީހުން މައްކާއަށް ޒިޔާރަތް ކުރެއެވެ. މިދަތުރުގައި ތިމާގެ ސިއްހަތަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/11/2019

HPA Umrah
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި އަހަރުގެ އުމްރާގެ އަޅުކަމަށް ދިއުމުގެ ކުރިންނާއި، އަދި ގޮސް އުޅޭއިރު ސިއްހީގޮތުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޓްވީޓް ގައި ވަނީ އަމިއްލަ ރައްކާތެރިކަމަށާއި އަދި ބަލިތައް ފެތުރުމުން ރައްކާތެރިވުމަށްޓަކައި، ހައްޖު އަދި އުމްރާގެ އަޅުކަމަށް ފުރުމުގެ ކުރިން ޑޮކްޓަރަށް ދެއްކުމަށް އެދިފައެވެ.

މީގެއިތުރުން އުމްރާއަށް ގޮސް އުޅޭއިރު ތިރީގައިވާ ކަންތަކުގެ ތެރެއިން އެއްވެސް ކަމެއް ކުރިމަތި ވެއްޖެނަމަ ލަސްނުކޮށް، ހެލްތް ވޯކަރަކަށް ދެއްކުމަށްވެސް އެޗްޕީއޭގެ ޓްވީޓްގައި ވަނީ އެދިފަ އެވެ.

  • ހުން އައުން (38 ޑިގްރީ އަށްވުރެ މަތި)
  • ކެއްސުން
  • ނޭވާލުމަށް ދަތިވުން

އެޗްޕީއޭގެ ޓްވީޓްގައިވަނީ ގިނަ މުއްދަތަކަށް ބޭސް ބޭނުންކުރަމުންދާ ބަލިތައް، ފުއްޕާމޭގެ ބަލިތައް، ކިޑްނީގެ ބަލިތައް ނުވަތަ ހަކުރު ބަލި ފަދަ ބައްޔެއް ހުރި ނަމަ އުމްރާގެ އަޅުކަމަށް ފުރުމުގެ ކުރިން ފިޒިޝަނަކަށް ދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.

އަދި އުމްރާއަށް ގޮސް އުޅުމުގެތެރޭގައި ތިރީގައި ބުނެފައިވާ ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

  • ކެއްސާ އަދި ކިނބިހި އަޅާއިރު އަނގަ ނިވާކުރުން
  • ޤަވާއިދުން އަތް ދޮވުން
  • ޖަމަލާއި މާބޮޑަށް ގާތްނުވުން
  • ރަނގަޅަށް ކެއްކުމަށް ފަހުގައި ނޫނީ ޖަމަލުގެ ކިރު ބުއިމަށް ބޭނުން ނުކުރުން
  • ޖަމަލްގެ މަސް ކާނަމަ ރަނގަޅަށް ރޯ ފިލުވައިގެން ކެއުން

އުމްރާގެ އަޅުކަމަށްފަހު ރާއްޖެ އަންނަތާ 14 ދުވަސްތެރޭގައި ކުރިން އެޗްޕީއޭއިން ބުނެފައިވާ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭގެ ޓްވީޓްގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ