އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/11/2019

ބުޅަލުގެ ޒަރިއްޔާއިން ފެތުރޭ މިބައްޔަށް ސަމާލުވޭ

މި ބައްޔަކީ އަބަދުވެސް ރާއްޖެއިން ފެންނަ ބައްޔެކެވެ. އަދި އަވަހަށް ފަސޭހަ ކުރެވޭ ވެސް ބައްޔެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/11/2019

HPA Larva Migrans
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބުލަޅުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ ލާވާ މައިގްރަންސް ބަލި މިދުވަސްވަރު ފެތުރެމުންދާތީވެ، އާއްމުން މި ބައްޔަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ބައްޔަކީ އަބަދުވެސް ރާއްޖެއިން ފެންނަ ބައްޔެއް ކަމަށެވެ. އަދި އެޗްޕީއޭއިން ވަނީ އަވަހަށް ފަސޭހަ ކުރެވޭ ބައްޔެއްގެ ގޮތުގައި ލާވާ މައިގްރަންސް ބަލި ފާހަގަކޮށްފަ އެވެ.

މި ބަލި ޖެހެނީ ބުޅަލުގެ ނަޖިހުން އިންސާނުންގެ ހަންގަނޑަށް ކަމަށްވާއިރު، މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފަ އެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި އެޗްޕީއޭއިން ބުނެފައިވާ ކަންކަމަކީ:

  • ހުސްފައިގާ މަގުމަތީގަޔާއި، ވެލީގައި ނުހިނގުން
  • މަގުމަތީގައި އުޅޭ ބުޅަލާއި، އެ ބުޅަލުގެ ނަޖިހުގައި ނުޖެހުން
  • ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅާ ޑީވޯމް ކުރުން
  • ބުޅަލުގެ ލިޓާ ބޮކްސް ސާފުކުރާއިރު އަންގި ބޭނުން ކުރުން
  • ގިނަގައިން ސައިބޯނި ލައިގެން އަތް ދޮވުން
  • ކުޑަކުދިން ޕާކުފަދަ ތަންތާނގާއި އުޅޭއިރު ވެއްޔަށް އަތްލިޔަ ނުދިނުން
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ