އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/11/2019

މިދުވަސްވަރު އިންފުލުއެންޒާ ޖެހޭ އަދަދު އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ބުނެފި

އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/11/2019

HPA Influenza
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި އޮކްޓޯބަރު މަހާއި އަޅާބަލާއިރު މިމަހު އިންފުލުއެންޒާ ފެތުރެމުންދާ އަދަދު އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފި އެވެ.

އެޗްޕީއޭއިން މިހެންބުނެ ޕައިޗާޓެއް އާއްމުންނާއި ހިއްސާކޮށްފައިވީ ނަމަވެސް، އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވާ ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަކަށްވާތީ މި ރޯގާ ފެތުރެން ފެށުމާ ގުޅިގެން އެއްވެއުޅުން މަދުކުރުމަށާއި ބަލިން ރައްކާތެރިވުމަށާއި އާއްމު ސާފުތާހިރުކަން ދެމެހެއްޓުމަށް ދީފައިވާ އިރުޝާދުތަކަކީ ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް މުހިއްމު ކަންތައްތައް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި އިންފުލުއެންޒާއަށް ޙާއްސަ ވެކްސިންޖެހުމަށްވެސް އެޗްޕީއޭއިން ބާރުއަޅާފައި ވެއެވެ.

މީގެ އިތުރުން މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ދިގުދެމިގެންދާތީވެ، ޑެންގޫ ފެތުރުމުގެ ފުރުސަތުވެސް ބޮޑު ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފަ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 4000 އަށް ވުރެގިން ޑެންގީ ހުމުގެ ކޭސްތައް ވަނީ ރިޕޯޓުކުރެވިފައެވެ (އިތުރަށް ކިޔާ).

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ