އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 05/11/2019

މިއަހަރު މިހާތަނަށް ޑެންގީ ހުމުގެ 4420 ކޭސް އަދި ޗިކުންގުންޔާގެ 1460 ކޭސް ވަނީ ރިޕޯޓުކުރެވިފައި – އެޗް.ޕީ.އޭ

ފާއިތުވި 3 އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ރިޕޯޓުކުރެވިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 05/11/2019

Dengue HPA Chikungunya
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން އޮކްޓޯބަރ މަހާއި ހަމައަށް އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑެންގީ ހުމުގެ 4420 ކޭސް އަދި ޗިކުންގުންޔާގެ 1460 ކޭސްއެއް ވަނީ ރިޕޯޓު ކުރެވިފައެވެ. މިކަން ފާހަގަކޮށްފައިވަނީ އެޗް.ޕީ.އޭ އިން މިއަދު ނެރުނު ޑެންގީ އާއި ޗިކުންގުންޔާގެ ހަފްތާ ރިޕޯޓު ގައެވެ.

ސެޕްޓެމްބަރ މަހާއި އޮކްޓޯބަރ މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ށ. ނ. ޅ. އަތޮޅުން އަދި މާލެ އާއި ހުޅުމާލެއިންނެވެ. އެއީ ށ. އަތޮޅުން 54 ކޭސް، ނ. އަތޮޅުން 66 ކޭސް، ޅ. އަތޮޅުން 69 ކޭސް، އަދި މާލެ އާއި ހުޅުމާލެ އިން 130 ކޭސް އެވެ. މީގެ އިތުރުން މި ދެމަހު އެންމެ މަދުން ރިޕޯޓުކުރެވިފައިވަނީ ފ. އަދި ވ. އަތޮޅުންނެވެ.

ސެޕްޓެމްބަރ މަހާއި އޮކްޓޯބަރ މަހު ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ ރ. ގއ. އަތޮޅުންނާއި މާލެ އިންނެވެ. އެއީ ރ. އަތޮޅުން 333 ކޭސް، ގއ. އަތޮޅުން 291 ކޭސް އަދި މާލެއިން 393 ކޭސް އެވެ. މިދެމަހު އެންމެ މަދުން ރިޕޯޓުކުރެވިފައިވަނީ ލ. އަތޮޅުންނެވެ.

އެޗް.ޕީ.އޭގެ ހަފްތާ ރިޕޯޓުން އިތުރަށް ދައްކާ ގޮތުގައި ފާއިތުވި 3 އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ރިޕޯޓުކުރެވިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. 

ޑެންގީ ހުމާއި ޗިކުންގުންޔާ އަކީ އޭޑީޒް މަދިރީގެ ޒަރިއްޔާއިން ޖެހޭ ދެ ބައްޔެވެ. ގަދައަށް ހުން އައުން، ބޮލުގަ ރިއްސުން، ހުޅު ހުޅުގައި ރިއްސުން އަދި ވަރުބަލިވުމަކީ މިބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ފެންނާނެ ނިޝާންތަކެކެވެ. މިފަދަ ކަމެއް ފާހަގަ ވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

މަދިރި އާލާވާ ތަންތަން ނައްތާލާ މުޖްތަމަޢު ހޭލުންތެރި ކުރުމުގެ ގޮތުން ޑޮކްޓަރުންނާއި، ސިއްޙީ ތަޖުރިބާކާރުން، ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އަދި ހޮސްޕިޓަލްތަކުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފާހަގަކޮށްލެވެނީ މިދިޔަ ހަފްތާގައި ރ. ދުވާފަރުގެ ސިއްހީ މަރުކަޒު އިސްނަގައިގެން އެރަށުގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ފަށައިފާވާ ކަމެވެ (އިތުރަށް ކިޔާ).

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ