އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 26/10/2019

އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާ އިރަށް ޖުޒާމު ބަލި އެއްކޮށް ނައްތާލުން – އެޗް.ޕީ.އޭ

ލެޕްރަސީ ނުވަތަ ޖުޒާމު ބައްޔަކީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލީގެ ސަބަބުން ހަންގަޑަށާއި، ނާރުތަކަށް، ނޭވާލާ ނިޒާމަށް އަދި ލޮލަށް އަސަރު ކުރެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 26/10/2019

Leprosy HPA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ލެޕްރަސީ މުޅިން އެއްކޮށް ނައްތާލުމަށްޓަކައި އެޗް.ޕީ.އޭ އިން މިއަހަރު ޖޫން މަހުގައި "ޒީރޯ ލެޕްރަސީ"ގެ މަސައްކަތް ފައްޓައިފައިވެއެވެ. މި މަސައްކަތުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ލެޕްރަސީ އަށް ސްކްރީން ކުރަން ވަނީ ފެށިފައެވެ.

އެގޮތުން ގދ. ފަރެސްމާތޮޑާގައި ވެސް ސްކްރީނިން ޕްރޮގްރާމް ވަނީ ފެށިފައެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އާބާދީގައި ބަލި ހުރި މީހަކު ވޭތޯ ދެނެގަނެ ފަރުވާ އަވަހަށް ފެށުމެވެ. މިރަށުގެ ސިއްޙީ މަރުކަޒުން ސްކްރީނިންގް ޕްރޮގްރާމަށް ރަށުގެ ވީހާވެސް ގިނަ މީހުން ގެނައުމަށް ބާރުއަޅާ ރައްޔިތުންނަށް އަންގަމުން ގެންދެއެވެ.

ލެޕްރަސީ ނުވަތަ ޖުޒާމު ބައްޔަކީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލީގެ ސަބަބުން ހަންގަޑަށާއި، ނާރުތަކަށް، ނޭވާލާ ނިޒާމަށް އަދި ލޮލަށް އަސަރު ކުރެއެވެ. ބެކްޓީރިއާ ހަށިގަނޑު ތެރެއަށް ވަންނަތާ 1 އަހަރު ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ. ނަމެވެސް ބައެއް ފަހަރު ބަލީގެ އަލާމާތްތައް ފާޅުވާން 20 އަހަރުވެސް ނަގާފާނެއެވެ. ޖުޒާމު ބައްޔަށް ފަރުވާ ކުރަނީ މަލްޓީ ޑްރަގް ތެރަޕީ އިންނެވެ. އަދި މި ބަލި ފެތުރެނީ ނޭފަތާއި އަނގައިގެ ޒަރިއްޔާއިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކަޅުތަކުން މިބަލި ވަނީ 208،619 ފަހަރު ރިޕޯޓުކުރެވިފައެވެ.

ޖުޒާމު ބައްޔަކީ މަދުން ނަމަވެސް ރާއްޖޭގައި ފެންނަ ބައްޔެކެވެ. މި ބަލި ނައްތާލުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް މަދުކުރެވިފައިވާ ކަމަށް 1997 ގައި ފާހަގަ ކުރައްވާފައިވެއެވެ. ވޭތިވެދިޔަ ދެތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއިން އެވްރެޖުކޮށް ފެނިފައިވަނީ އަހަރަކު 3-7 ބަލިމީހުންނެވެ. އަދި މިއަހަރު މިހާތަނަށް ފެނިފައިވަނީ ޖުޒާމު ބަލި ޖެހިފައިވާ 3 މީހުންނެވެ.

ޖުޒާމު ބައްޔަކީ ބަލި ހުރިކަން ދެނެގަނެ އަވަހަށް ފަރުވާ ފެށި ޤަވާއިދުން ބޭސް ބޭނުންކޮށްފިނަމަ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެކެވެ. ޖުޒާމު ބަލީގެ ކޮންމެ ބަލިމީހަކީވެސް ކަމާ ބެހޭ ޑޮކްޓަރުންނާއި އެޗް.ޕީ.އޭ ގެ ޚާއްސަ ބެލުމުގެ ދަށުން ފަރުވާ ދެވޭ މީހެކެވެ. އަދި މުޅިން ރަނގަޅު ވަންދެން ބަލިމީހާގެ ހާލަތު ބެލެހެއްޓެމުންދާ މީހެކެވެ. ބަލިމީހާގެ އާއިލާއަށާއި ގާތްތިމާގެ މީހުންނަށް މިބަލިން ރައްކާތެރިވެވޭނެ ގޮތްތައް ކިޔައިދެވެއެވެ. މީގެއިތުރުން ބަލިމީހާ ދިރިއުޅޭ ރަށުގެ ސިއްޙީ މަރުކަޒުން ގާތުން މޮނިޓަރ ކުރާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ