އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 09/09/2019

މަގު ކޮނުނުތާ އެތަކެއް ދުވަހެއް! މަދިރި އާލާވަނީ.

މަދިރީގެ ސަބަބުން މިހާގިނަ ބަލިތައް ފެތުރޭ ދުވަސްވަރެއްގައި މަދިރި އާލާވާނެ ގޮތްތައް ނައްތާލުމަކީ ނުހަނު މުހިންމުކަމެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 09/09/2019

Dengue
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެގެ، ހެންވޭރު ހިސާބެއްގައި މަގުކޮނުމުގެ ސަބަބުން އެތަނުގައި ފެން ހެދި މަދިރި އާލާވަނީއެވެ.

އަމީނީ މަގު މޫންލައިޓް ހިނގުން ކައިރިން މަގު ހެދުމަށްޓަކައި ވަޅު ގަނޑެއް ކޮނުނުތާ ދެ ތިން ހަފްތާ ވެއްޖެއެވެ. އެމަގު ވަނީ ބަންދު ކުރެވި އެއްވެސް ދުއްވާ އެއްޗަކަށް ނުވަދެވޭ ގޮތަށް ހަދާފައެވެ. ކޮނެފައިއޮތް ވަޅުގަނޑު ހާމައަށް އޮތުމުގެ ސަބަބުން އެތަނުގައި ކުނި ޖަމާވަނީ އެވެ. އަދި މިދުވަސްވަރު ވާރޭ ވެހޭލެއް ގިނަ ކަމުން އެތަނުގައި ފެން ހެދިފައި އެބަހުއްޓެވެ. ބިރުވެރިކަމަކީ މިއީ މަދިރި އާލާ ވާނެ ވަރަށް ބޮޑު ފުރުސަތެކެވެ. މި ވަޅުގަނޑުގެ ސަބަބުން ތިމާވެއްޓަށް އެތަކެއް ގެއްލުމެއް އެބަ ލިބެއެވެ. އަދި މީގެ އިތުރުން ސިއްހީ ގޮތުން ވަރަށް ނުރައްކާ ވެދާނެ ކަމަށް ލަފާކުރެވެއެވެ.

ތިމާވެއްޓަށް ގެއްލުން ލިބުމުގެ އިތުރުން ސިއްހަތަށްވެސް ނުރައްކާ ކުރެއެވެ
ތިމާވެއްޓަށް ގެއްލުން ލިބުމުގެ އިތުރުން ސިއްހަތަށްވެސް ނުރައްކާ ކުރެއެވެ

މަދިރި އަލާވަނީ މިގޮތަށް ހުންނަ ފެންގަނޑު ތަކުގައެވެ. މަދިރި ބިސްއަޅާތާ 8-10 ދުވަސް ތެރޭ އޭތި ބޮޑުވެއެވެ. ގިނަ އަދަދެއްގެ މަދިރި އާލާވުމުން އަޅުގަނޑުމެންގެ މި ރާއްޖޭގައި ނުރައްކާތެރި ބަލިތައް ފެތުރުން ގާތެވެ. އެގޮތުން ޑެންގީއާއި ޗިކުންގުންޔާ ފާހަގަކޮށްލެވެއެވެ. މި އަހަރު ތެރޭ އެކަނިވެސް އޮގަސްޓް 6 އަކާ ހަމައަށް ޑެންގީ ހުމުގެ 3،310 މައްސަލައެއްވަނީ ރިޕޯޓު ކުރެވިފައެވެ. (ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ކިޔާލަމާ)

މިތަން މިގޮތަށް އޮންނަތާ 2 ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ
މިތަން މިގޮތަށް އޮންނަތާ 2 ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ

އެތަކެއް ބަޔަކު ޒިޔާރަތް ކުރާ މި ސަރަހައްދާ ކައިރީގައި އޮންނަނީ ސެނަހިޔާ ހޮސްޕިޓަލެވެ. ބަލިތައް ފެތުރުމުގެ އަނެއް ދޮރެވެ. އަދި ބްރިޖަށް އެރުމަށްޓަކައި މީހުން މަޑުކޮށްގެން ވެސް އިންނަނީ މިސަރަހައްދާ  ވަރަށް ކައިރީގައެވެ. މީގެ އިތުރުން މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަނީ މަދިރި ގިނަވާކަން ފާހަގަ ކުރަމުންނެވެ.

 

 

މިކަމާ ބެހޭ ފަރާތްތަކުން ޒިންމާ ނަގާ ވީހާވެސް އަވަހަކަށް މަގު ހަދާ ނިންމުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ