އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/11/2019

މިއަހަރު ބަންގްލަދޭޝްގައި ރިކޯޑް އަދަދަކަށް ޑެންގީ ފެތުރެނީ

މަދިރީގެ ޒަރިއްޔާއިން ފެތުރޭ އިންފެކްޝަންތަކުގެ އަސަރު އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 700،000 މީހުންނަށް ކުރެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/11/2019

Bangladesh Dengue WHO
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބަންގްލަދޭޝްގައި ހަލުވި ސްޕީޑެއްގައި ޑެންގީ ފެތުރެމުންދާކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ބުނެފި އެވެ.

އެގޮތުން ޑަބްލިއު.އެޗް.އޯ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ހިނގާ ދެހާހުގެ އަހަރުތަކުގެ ތެރެއިންވެސް މިއަހަރު ރެކޯޑު އަދަދަކަށް ބަންގްލަދޭޝްގައި ޑެންގީ ފެތުރެން ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން އިންޑިޔާގެ ކައިރީގައިވާ ގިނަ ޤައުމުތަކެއްގައި ޑެންގީ ފެތުރެމުންޑާ ކަމަށްވެސް ޑަބްލިޔު.އެޗް.އޯގެ ޓްވީޓްގައި ވަނީ ބުނެފަ އެވެ. އަދ މި އަހަރުގެ ޖެނުއަރީ މަހުންފެށިގެން އޭޝިޔާއިން ޑެންގީ އާއި ގުޅޭ 92،000 އަށްވުރެ ގިނަ ކޭސްއެއް ރިޕޯޓްކޮށްފައިވާ ކަމަށްވެސް ޑަބްލިޔު.އެޗް.އޯއިން ވަނީ ބުނެފަ އެވެ.

ގްލޯބަލް ހެލްތްގެ އެއްބާރުލުމާއެކު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ، ޗިކުންގުންޔާ އަދި ޒިކާ ކޮންޓްރޯލް ކުރުމަށްޓަކައި، މަދިރި އާލާވާ ތަންތަނާއި ފިރިހެން މަދިރި ރޭޑިއޭޝަން ބޭނުންކޮށްގެން ސްޓެރިލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޑަބްލިޔު.އެޗް.އޯގެ ޓްވީޓްގައި ވަނީ ބުނެފަ އެވެ. 

ޑަބްލިޔު.އެޗްއޯގެ ރިޕޯޓުތަކުން ހާމަވާގޮތުގައި ދުނިޔޭގައި ފެތުރޭ އެކި އިންފެކްޝަންތަކުގެ ތެރެއިން 17 އިންސައްތައަކީ ޑެންގީ، މެލޭރިޔާ، ޗިކުންގުންޔާ، ޒިކާ އަދި ޔެލޯ ފީވާރ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ އިންފެކްޝަންތަކެވެ. އަދި މި އިންފެކްޝަންތަކުގެ އަސަރު އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 700،000 މީހުންނަށް ކުރާކަމަށް ޑަބްލިޔު.އެޗް.އޯގެ ޓްވީޓްގައި ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ