އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/12/2020

ޓެސްޓަކުން ނުފެނޭ އެކަމަކު ދަރިފުޅުގެ ފައިގެ ރިހުން ނުފިލާ. މިވަނީ ކިހިނެއް؟

ތަފާސް ހިސާބުތަކުން އެނގޭގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ 5 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކީ މި ބަލި ތަހައްމަލް ކުރާ ކުއްޖެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/12/2020

Dr Ahmed Faisal Scurvy
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއީ ބޮޑެތިވަމުން އަންނަ ކުދިންނަށް މަދުން ނަމަވެސް ދިމާވާ ކަމެކެވެ. ގޮތްނޭނގޭ ރިހުމެއް ދެ ފައިގައި ހުންނަނީ އެވެ. ބައެއް ފަހަރު ރިހުން ގަދަވެގެން ނުހިނގޭ ހާލަތަށްވެސް ދެއެވެ.

ރާއްޖޭގައި މިގޮތަށް ދިމާވި ކުއްޖަކު ރާއްޖެއިން ހެދި ޓެސްޓަކުން، އެކްސްރޭއަކުން މިއީ ކީއްވެ މެދުވެރިވާ ކަމެއްކަން ނޭނގުނެވެ. ނަމަވެސް ރާއްޖެއިން ބޭރުން ހެދި ޓެސްޓުތަކުން ފެނުނީ މިއީ "ސްކާވީ" ކަމަށެވެ.

"ސްކާވީ"ގެ ނަމުން ނަންދީފައިވާ މި ބައްޔަކީ ހަށިގަނޑުގައި ވިޓަމިން-ސީ ހުންނަން ޖެހޭ މިންވަރަށްވުރެ މަދުވުމުން ޖެހޭ ބައްޔެކެވެ. މި ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުމާއި އަތާއި ފައި ވަރުބަލިވެ ރިހުން ހިމެނެ އެވެ.

މި ބައްޔަށް ފަރުވާދިނުން ލަސްވެއްޖެނަމަ، ހަށިގަނޑުން ރެޑް ބްލަޑް ސެލް މަދުވުމާއި، ހިރުގަނޑަށް ތަފާތު ބަލިތައް ޖެހުމާއި، އިސްތަށިގަނޑަށް ބަދަލު އައިސް ބައެއް ހާލަތްތަކުގައި ހަންގަނޑުން ލޭ އަންނަން ވެސް މެދުވެރި ވެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވިދާޅުވި ގޮތުަގައި ދާދި ފަހުން ރާއްޖެއިން ދެ ކުއްޖަކު ފައިގައި ރިއްސާވަރުން ނުހިނގިގެން ޓެސްޓް ހެދުމުން ވަކި ސަބަބެއް ނުދެއްކުމުން ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާލާފަ އެވެ.

އަދި ބޭރަށް ފޮނުވުމުން މިހެން ދިމާވަނީ ވިޓަމިން ސީ މަދުވުމުން ޖެހޭ ސްކާވީ ނަމަކަށް ކިޔާ ބައްޔެއްގެ ސަބަބުން ކަން ދެނެގަނެވިފައި ވާކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ ރާއްޖެއިން 15 ކުދިން މިކަން ދިމާވެގެން ރާއްޖެއިން ބޭަރަށް ދިޔަކަމަށް މައުލޫމާތު ލިބޭކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ސްކާވީ އާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވީ މި ބަލިން ދުރުވުމަށް އެންމެ އިސްކަމެއް ދޭންވީ ވިޓަމިން-ސީ ގިނައިން ހިމެނޭ ބާވަތްތައް ކެއުމުގައި ހިމެނުމަށް ކަމަށެވެ.

އެގޮތުން ހުތްގަދަ މޭވާ، ޓޮމާޓޯ، މެލަން، ޕެޕަރ، މުރަނގަފަތް އަދި ކެބެޖް ހިމެނޭގޮަތަށް ފެހިކަން ގަދަ ތަރުކާރީ، ސްޓްރޯބެރީ، އަލަނާސި، އަލުވި އަދި ކިވީ ފަދަ ބާވަތްތައް ކުދިންގެ ކެއުމުގައި ހިމެނުމަށް އާސިޔާ ވަނީ ލަފާދެއްވާފަ އެވެ.

މީގެއިތުރުން ޑައިޓީޝަން އާސިޔާ ވަނީ ޖޫސް ދޭއިރު، ޕެކެޓްގައި ބަންދުކުރި ޖޫހާއި ޕައުޑަރ ޖޫސް ދިނުމުގެ ބަދަލުގައި ތާޒާ ޖޫސް ދިނުމަށް ވަނީ އެދިފައެވެ.

ތަފާސް ހިސާބުތަކުން އެނގޭގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ 5 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކީ މި ބަލި ތަހައްމަލް ކުރާ ކުއްޖެކެވެ. އަދި ރާއްޖޭގައި މި ބަލި ދެނެގަނެވޭފަދަ ޓެސްޓެއް ހެދޭނެ ނިޒާމެއް ޤާއިމް ކުރެވިފައެއް ނުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ