އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/11/2020

އަލަށް އުފަންވާ ތުއްތުކުދިންގެ ލޮލުން ފެން އައުމަކީ މައްސަލައެއްތަ؟

20 އިންސައްތަ ކުދިންނަށް މި މައްސަލަ ކުރިމަތިވޭ - ޑރ. ފައިސަލް
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/11/2020

Pediatrics Dr Ahmed Faisal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަލަށް އުފަންވާ ތުއްތުކުދިންގެ ލޮލުން ފެން އައުމަކީ އާންމު ކަމެކެވެ. ރާއްޖޭގެ ނިސްބަތުން ބަލާނަމަ، 20 އިންސައްތަ ކުދިންނަށް މި މައްސަލަ ކުރިމަތިވެއެވެ. އަދި މިކަމަށް ހޭލުންތެރިވެފައި ނުވުމުގެ ސަބަބުން ބައެއް ބެލެނިވެރިންނަށް މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތަށް ހީވެ، ފަސޭހައިން އަޅާނުލާ ދޫކޮށްލެވެ އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވިދާޅުވިގޮތުގައި ތުއްތު ކުދިންގެ ލޮލުން ފެން އައުމަށް އާންމުކޮށް މެދުވެރިވަނީ އުފަންވާއިރު ކަރުނަވަޅު އަދި ނޭފަތަށް އެފެންތައް ފައިބާ  ހޮޅި ކުޑަވުން ހިމަވުމެެވެ. 

މިއީ ކޮންމެ ތުއްތު ކުއްޖަކަށް ކުރިމަތިވާ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި ގިނައިން މި މައްސަލަ ކުރިމަތިވަނީ ދުވަސްނުފުރާ ކުދިންނަށެވެ. އެގޮތުން ދުވަސްނުފުރާ ވިހާ ކުދިންގެ ފެން އުފައްދާ މިންވަރު ނިސްބަތުން މަދުވި ނަމަވެސް، އޭގެ ދެ ހަފްތާ ފަހުން ފެން ފޭބުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ޑރ. ފައިސަލް ވަނީ ފާހަގަކުރައްވާފަ އެވެ.

އުފަންވާއިރު ކަރުނަވަޅު އަދި ނޭފަތަށް އެފެންތައް ފައިބާ ހޮޅި ކުޑަވެ ނުވަތަ ހިމަވި ނަމަވެސް، ތުއްތުކުދިން ބޮޑުވާ ވަރަކަށް ހޮޅިވެސް ދާނީ ބޮޑުވަމުންނެވެ. 

ޑރ. ފައިސަލް ވިދާޅުވީ މިހެން ފެންފައިބާ ނަމަ އަތްދޮވެގެން ނޭފަތަށް އެފެންތައް ފައިބާ   ހޮޅި ކައިރިން ލޮލުގެ ބޭރުން މަސާޖުކުރެވިދާނެ ކަމަށެވެ. 

އަދި މާގިނައިން ފެން ފައިބައި ، ލޮލުގެ ކަރުނަވަޅު ރަތްވެ ދޮސްލައި، ނުވަތަ އަހަރެއް ވާއިރު ރަނގަޅު ނުވާނަމަ، ޑޮކްޓަރަަށް ދެއްކުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ