އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 30/09/2020

ފިޓު ޖެހުމާއި ތުރުތުރު އެޅުން – މުޅިން ތަފާތު ދެ ކަމެއް

ތުރުތުރު އެޅުމަކީ މާބޮޑުކަމެއް ނޫނަސް މިކަމަށް ފަރުވާކުޑަކޮށްލައި، މިހެން ދިމާވާ ސަބަބުތަކަށް ފަރުވާ ނުދޭނަމަ އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 30/09/2020

Dr Ahmed Faisal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވަރަށް ގިނަ މީހުންގެ މެދުގައި އޮޅުން އަރާފަ އޮންނަ ދެ ކަމެކެވެ. އެހެންނަމަވެސް ވަރަށް ރަނގަޅަށް ބަލައިފިނަމަ މި ދެ ކަމުގެ ފަރަޤު ވަރަށް ބޮޑުކަން އެނގޭނެ އެވެ. ފިޓު ޖެހުން އަދި ތުރުތުރުއެޅުމުގައި އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑރ. އަހުމަދު ފައިސަލް ވިދާޅުވަނީ މިއީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ.

ފިޓު ޖެހުމަކީ ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ވެސް މެދުވެރިވާ ސިއްހީ މައްސަލައެކެވެ. ފިޓް ޖެހޭއިރު ފާހަގަ ކުރެވޭ ބައެއް އާންމު އަލާމާތްތަކުގެ ތެރޭގައި ވެއްޓި، އަތް ފައި ހަރުވެ، ކޮންޓްރޯލެއް ނެތި ހަށިގަނޑު ތެޅުން އަދި އެ ނޫން ކުއްލި ހަރަކާތްތައް ފެނެ އެވެ. އަދި ހޭނެތުން ވެސް އެކަށީގެން ވެއެވެ.

މިއާ ހިލާފަށް ތުރުތުރު އެޅުންމުން ހަރަކާތްތައް ހަލުވިވެފައި، ކޮއްޓާލީމާ ތުރުތުރުއަޅަން ފަށާފައި، އަތްފައިގާ ހިފެހެއްޓީމާ ތުރުތުރުވެސް ހުއްޓޭނެ އެވެ. އަދި އެންމެ މުހިއްމު ކަމަކަށް ފިޓު ޖެހޭއިރު ލޮލުގެ ކަޅި މައްޗަށް އަރާގޮތަށް ތުރުތުރު އަޅާއިރު، ކަޅި މައްޗަކަށް ނާރާނެ އެވެ. އަދި ނޭވާ ހުއްޓި ނޫފައިގަތުމަކީ ވެސް ތުރުތުރު އަޅާއިރު ދިމާވާކަމެއް ނޫނެވެ.

މިގޮތަށް ތުރުތުރު އެޅުމަކީ ތުއްތުކުދިންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އެގޮތުން ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ތުއްތު ކުދިންނަށް ގިނަ ފަހަރަށް ތުރުތުރު އެޅުން ދިމާވާނީ އުފަންވާތާ ފުރަތަމަ ހަފްތާގައެވެ.

މިހެން ދިމާވުމަށް މެދުވެރިވާ ސަބަބުތައް ކަމުގައި ޑރ. ފައިސަލް ވިދާޅުވަނީ ފިނިވުން، ހަކުރު މަދުވުން، ކެލްސިއަމް މަދުވުން، މެގްނީޒިއަމް ދަށްވުން އަދި ލޭ އޮލަވުމެވެ.

ތުރުތުރު އެޅުމަކީ މާބޮޑުކަމެއް ނޫނަސް މިކަމަށް ފަރުވާކުޑަކޮށްލައި، މިހެން ދިމާވާ ސަބަބުތަކަށް ފަރުވާ ނުދޭނަމަ އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ޑރ. ފައިސަލްގެ އިލްތިމާސްއަކީ ތުއްތު ދަރިފުޅަށް މާ ގިނައިން މިހެން ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ