އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/11/2020

ބޭރަށް ނިކުމެ އުޅޭއިރު އަވިން ފިހުން، ސަމާލުވާން ޖެހޭ ކަމެއް! 

އަތްވަށް ނުކުމެ އުޅޭއިރު ހަންގަޑަށް ސަމާލުވުމަށް ޑރ. އަހްމަދު ފައިސަލް ގޮވާލެއްވިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/11/2020

Dr Ahmed Faisal Sun burn
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19ގެ ސަބަބުން ދިގު މުއްދަތަކަށް ލޮކްޑައުންގެ ހާލަތު ދެމިއޮތުމާއެކު، ރާއްޖެއިން މިހާރުވަނީ ކޭސްތައް މަދުވާން ފަށާފަ އެވެ. މިއާއެކު ފާއިތުވި މަސްތަކުގައި ބޭރަށް ނުކުތުމާއި، މޫދަށާއި އާއިލާއެކު ވަގުތު ހޭދަނުކުރެވި ވަގުތުތައް ފޫބެއްދުމަށްް ގިނަ މީހުން ދަނީ އެކި ކަހަލަ ޕްރޮގްރާމްތައް ރާވަމުންނެވެ.

ނަމަވެސް މާލެކައިރީގައި ފެހި ފަޅުރަށްތަކެއް ނެތުމުގެ ނަތީޖާއަކަށް ވަނީ މޫދަށްނުވަތަ ފިނޮޅު އަދި މަސްދަތުރު ފަދަ ޕްރޮގްރާމްތައް ރޭވުމެވެ. މިއީ މަޖާ ވަގުތުތަކެއް ނަމަވެސް، ގަދަ އަވީގައި ގިނަ ވަގުތު ހޭދަކުރަންޖެހުމުން ހަންގަނޑު އެނދުން، ރަތްވުން އަދި ބައެއް ފަހަރު ދުޅަވާގޮތް ވެއެވެ.

އައިޖީއެމްއެޗްގައި އިންނަވާ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ސިފަކުރައްވާ ގޮތުގައި މިއީ އާ ވައްތަރެއްގެ "އެޕިޑެމިކް" އެކެވެ. އަދި ދަތުރު ގޮސް ގިނަ ވަގުތު އަވީގައި އުޅޭއިރު މިފަދަ ގަދަ އަވިން ހަންގަނޑު ރައްކާތެރިކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ޑރ. ފައިސަލް ވަނީ ހިއްސާކުރައްވާފަ އެވެ.

އަވީގައި އުޅޭ ވަގުތުތަކުގައި ތޮފި އަދި ހަށިގަނޑު ރަނގަޅަށް ހެދުން އެޅުން
އަތްވަށް ނުކުތުމުގެ ކުރިން އަދި ކޮންމެ ދެ ގަޑިއިރަކުން ސަން ކްރީމް ގަދަޔަށް އުނގުޅުން
ގިނައިން ފެންބުއިން
ގައިގާ ފިނިކުރި ފެން ހޭކުން
ދަތުރަށް ފަހު ކޮންމެ ހަތަރު ގަޑިއިރަކުން މޮއިސްޗަރައިޒަރ އުނގުޅުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ