އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/07/2020

ތިގޭ ކުދިން އިނގިލި ބުއިން ހުއްޓުވާލީ ކިހިނެތް؟

ކުޑަކުދިން އިނގިލި ބޯ އުމުރިފުރާއެއްގެ ގޮތުގައި ފާހަގަވެފައި އޮންނަނި އުފަންވީއްސުރެ ހަތަރު އަހަރާއި ދޭތެރޭގަ އެވެ.
87-152537342066_
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/07/2020

Pediatrics Dr Ahmed Faisal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުޑައިރު އިނގިލި ބުއިމަކީ ވަރަށް ގިނަ ކުދިންނަށް ކުރިމަތިވާ ކަމެކެވެ. މިއީ ވަކި އުމުރެއްގައި ކުރާކަމެއް ނަމަވެސް ފުރާވަރަށް އެޅުމުގެ ކުރިން އިނގިލި ބޯ ކުދިން އިނގިލި ބުއިން ހުއްޓާލަ އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވާގޮތުގައި މިގޮތަށް ކުދިން އިނގިލި ބުއިން ހުއްޓުވުމަށް ކުރެވޭނެ ވަކި ކަމެއް މިހާތަނަށް އަދި އެނގޭކަށް ނެތެވެ. އަދި އެންމެ ރަނގަޅުގޮތަކީ އެކަން ނުކުރުމަށް ގިނަގިނައިން ކުދިންނަށް ބުނެދީ ހިތްވަރުދިނުން ކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

އިނގިލި ބުއިމަކީ ވަކި އުނިކަމެއް ހުރެގެން ކުޑަކުދިން ކުރާކަމެއްކަން މިހާތަނަށް މިކަމާއި ގުޅިގެން ހަދާފައިވާ ދިރާސާތަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް މިގޮތަށް އިނިގިލިބޯ ކުދިންގެ މެދުގައި އެއްވައްތަރުގެ އާދަތަކެއް ހުރެއެވެ.

އެގޮތުން އިނގިލި ބޯ ކުދިން ބުއިމަށް ބޭނުންކުރަނީ ޝަހާދަ އިނގިއްޔާއި މެދު އިނގިލިގެ އިތުރުން ބޮޑުވައި އިނގިއްޔެވެ. އަދި ބައެއް ކުދިން އިތުރު އިނގިލިތައް ވެސް ބޮއެއުޅެއެވެ. ހަމައެހެންމެ ބައެއް ކުދިން ތުއްތުއިރު، ފައިގެ ބޮޑުވައި އިނގިލި ބޮއެ އުޅެއެވެ.

އާންމުގޮތެއްގައި ތުއްތުކުދިން އިނގިލި ބޮނީ އެކުދިން އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވުމަށްޓަކައި ކަމަށް ބައެއް ސައިންޓިސްޓުން ބުނެއެވެ. އަދި މިފަދަ ކުދިން ބައެއް ފަހަރު މަންމަގެ ރަހިމުގައި އޮންނައިރުވެސް އިނގިލި ބޯކަމަށް ވެއެވެ.

ކުޑަކުދިން އިނގިލި ބޯ އުމުރިފުރާއެއްގެ ގޮތުގައި ފާހަގަވެފައި އޮންނަނި އުފަންވީއްސުރެ ހަތަރު އަހަރާއި ދޭތެރޭގަ އެވެ.

އިނގިލި ބުއިން މައްސަލައެއް ގޮތުގައި ބެލެވެނީ ދާއިމީ ދަތްތައް ފަޅަން ފަށާ ހިސާބުންނެވެ. މިގޮތަށް އިނގިލި ބޯ ކުދިންގެ ދަތްޕިލަ ތަފާތުކަމަށް ގިނަ ޑޮކްޓަރުން މީގެ ކުރިންވެސް އެއްބަސް ވެއެވެ. އެގޮތުން ބައެއް ފަހަރު ގިނައިން އިނގިލި ބޯ ކުދިންގެ ދަތްޕިލަ ނުބޯކުދިންގެ ދަތްޕިލައަށްވުރެ ކުޑަކޮށް ބޭރަށް ނުކުމެފައި ހުރެއެވެ.

ޑޮކްޓަރުން އާންމުކޮށް ލަފާ ދެއްވަނީ އުމުރުން 3 އަހަރުވުމުން މިކަންތައް ނުހުއްޓައިފިނަމަ، ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ.

އެގޮތުން ކުއްޖާއާއި ވާހަކަ ދައްކާ، ބުނާ ބަސް އެހުމުން ކުއްޖާއަށް ހިތްވަރު ދިނުން މުހިންމެވެ. އަދި ކުއްޖާ އިނގިލި ބޮނީ ކީއްވެތޯ ބެލިދާނެއެވެ. ބައެއް ކުދިން ސަމާލުކަން ހޯދަން މިކަންތައް ކުރާއިރު، އަނެއްބައި ކުދިން ސްޓްރެސް ވެގެން އިނގިލި ބޯކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

އިނގިލި ބުއިމުގެ ސަބަބުން ދަތްތަކަށް ގެއްލުމެއް ވާހެން ހީވާނަމަ ލަސްނުކޮށް ދަތުގެ ޑޮކްޓަރެއްގެ އެހީ ހޯދުން ބުއްދިވެރިއެވެ. ބައެއް ކުދިން ޑޮކްޓަރަކާއި ވާހަކަ ދެއްކުމުން ވެސް މިކަންތައް ހުއްޓުވުމަށް ހިތްވަރު ލިބެއެވެ.

ހުރިހާ ގޮތަކުން މަސައްކަތް ކުރުމަށްފަހުވެސް ކުއްޖާ އިނގިލި ބުއިން ނުހުއްޓައިފިނަމަ އެކަމާ ފިކުރުކޮށް ވިސްނާ ނުހަދާށެވެ. ބައެއް ކުދިންނަށް މިކަމަކީ ހުއްޓަން އުނދަގޫ އަމަލެކެވެ. މިފަދަ ކުދިން ކައިރީ ހުއްޓުމަށް މާގިނައިން އާދޭސްކޮށް ކިޔުމަކީ އިނގިލި ބުއިން އިތުރުވެދާނެ ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ