އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/06/2020

ވިޓަމިން "އޭ" - ހަކުރުބަލީގެ ސަބަބުން ލޮލުގެ ފެނުމަށް ކުރާ އަސަރަށް ރަނގަޅު ފަރުވާއެއް

ހަކުރުބަލީގެ ސަބަބުން ލޮލުގައި ވިޓަމިން "އޭ" ހުންނަ މިންވަރަށް އަސަރުކުރާކަމަށާއި، އޭގެ ސަބަބުން ލޮލުގެ ފެނުމަށް ގެއްލުން ލިބޭކަމަށް އެމެރިކާގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/06/2020

Research Diabetes Vitamin A
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހަކުރުބައްޔަކީ މިހާރު ދުނިޔޭގެ ގިނަ ހިސާބުތަކުގައި ގިނަ ބަޔަކު ތަހައްމަލްކުރަމުންދާ އާންމު ދިރިއުޅުމާއި ގުޅުންހުރި އެއްބައްޔެވެ.

ހާއްސަކޮށް ހަކުރުބަލީގެ މީހުންނަށް ދިމާވާ ލޮލަށް ފެނުމުގެ ދަތިކަން ނުވަތަ ރެޓަނޮޕަތީގެ ސަބަބުން ބައެއް ފަހަރު ލޮލުގެ ފެނުން އެއްކޮށް ގެއްލޭ ފަހަރުވެސް އާދެއެވެ.

ދާދިފަހުން ހެދި ދިރާސާއަކުން ވަނީ ވިޓަމިން "އޭ"ގެ ސަބަބުން ހަކުރުބަލި ހުންނަ މީހުންގެ ލޮލުގެ ފެނުން ރަނގަޅުވާކަމަށް ބުނެފަ އެވެ. މިހާތަނަށް ހަދާފައިވާ ބައެއް ދިރާސާތަކުން އެނގެން އޮތްގޮތުގައި މިގޮތަށް ލޮލުގެ ފެނުން ގެއްލެން މެދުވެރިވަނީ ހަކުރު ބައްޔާއި، ވިޓަމިން "އޭ" މަދުވުމުގެ ސަބަބުންނެވެ. އަދި މީގެ އަވަސް ސްޓޭޖްގައި ލޮލުގެ ފެނުމަށް އަސަރުކުރަނީ ޑައިބެޓިކްސް ރެޓަނޮޕަތީގެ ސަބަބުންނެވެ.

އަދި ހަމައެހެންމެ މީގެ ފަހުގެ ސްޓޭޖްތަކުގައި ލޮލުގެ ރެޓިނާގެ ލޭނާރުތައް ހަލާކުވާން ފަށައެވެ. ފުރަތަމަ ސްޓޭޖްގައި މި ލޭނާރުތައް ހަލާކު ނުވެވެސް ބައެއް މީހުންގެ ލޮލުގެ ފެނުން ގެއްލެން މެދުވެރިވާކަމަށް އެމެރިކަން ޖާނަލް އޮފް ޕެތޮލޮޖީގައި ސައިންޓިސްޓުން ބުނެފައި ވެއެވެ.

ވިޓަމިން "އޭ" އަކީ އާންމުކޮށް ލިބޭ ގިނަ މޭވާ ތަކުގައި ހިމެނޭ މާއްދާއެކެވެ. އޭގެ ތެރޭގައި އޮރެންޖު، އަނބު އަދި ކަރާ ހިމެނެއެވެ. މީގެ އިތުރުން ބިސް އަދި ކޮޑް ލިވަރ އޮއިލް ގައިވެސް ވިޓަމިން "އޭ" ގިނަ އަދަދަކަށް ހިމެނެއެވެ.

އެމެރިކާގެ އޮކްލަހޮމާ ސިޓީގައި ހުންނަ ޔުނިވަރސިޓީ އޮފް އޮކްލަހޮމާ ހެލްތް ސައިންސަސް ސެންޓަރުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ގެނަޑީ މޮއިސޭވް ބުނެފައިވާގޮތުގައި އެމީހުން ކުރިން ހެދި ދިރާސާއިން އެނގޭގޮތުގައި ހަކުރުބަލީގެ ސަބަބުން ލޮލުގެ ރެޓިނާގައި ހުންނަ ވިޓަމިން "އޭ"ގެ މިންވަރު ދަށްކޮށްލަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ލޭނާރުތަކުން އޭގެ އަސަރު ފެންނަން ފެށުމުގެ ކުރިން މީހާގެ ލޮލުގެ ފެނުން ގެއްލުން ފަދަ ކަންކަން ކުރިމަތިވެއެވެ.

އެހެންކަމުން މި ދިރާސާގެ އަލީގައި ހޯދި ހޯދުންތަކުން އެނގޭގޮތުގައި ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަކީ ހަކުރުބަލީގެ ސަބަބުން ލޮލުގެ ރެޓިނާއިން ވިޓަމިން "އޭ" މަދުވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

މި ދިރާސާ ހަދާފައިވަނީ ތިން ގްރޫޕެއްގެ މީދާ ބޭނުންކޮށްގެންނެވެ. މީގެތެރެއިން ދެ ގްރޫޕެއްގެ މީދަލަށް ސައިންޓިސްޓުން ހަކުރުބަލި ޖައްސުވާފައިވާއިރު، ދެން ހުރި ގްރޫޕްގައި ހިމެނެނީ އުމުރާއި ޖިންސު އެއްގޮތް އެހެންނަމަވެސް އޭގެ ޒާތުގައި ހަކުރުބަލި ނެތް މީދާތަކެކެވެ.

ދިރާސާއިން ހޯދުނުގޮތުގައި “9-cis-retinal” ބޭނުންކޮށްގެން ފަރުވާދިން މީދާތަކުގެ ލޮލުގެ ފެނުން ވަނީ އެހެން ހުރިހާ މީދާ ތަކާއި އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

މިނަތީޖާ އާއެކު ހާމަވެގެން ދިޔައީ ހަކުރުބަލީގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކުރަނީ ލޮލުގައި ވިޓަމިން "އޭ" ގެ މިންވަރު މަދުވުމުން ކަމަށް  ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުންޏެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ