އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/06/2020

ރާއްޖެއިންވެސް ކޮވިޑާއި ގުޅުންހުރި މަލްޓިސިސްޓަމް އިންފްލަމަޓަރީ ސިންޑްރަމް ފެނިފައިވޭ – ޑރ. ފައިސަލް

ޑރ. ފައިސަލް ވިދާޅުވީ ކުއްޖާގެ ހުން މިހާރު މަޑުވެފައިވީ ނަމަވެސް، ހިތާއި ހިތުގެ ލޭނާރުތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/06/2020

Dr Ahmed Faisal Multisystem Inflammatory Syndrome
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާއި ގުޅުންހުރި މަލްޓިސިސްޓަމް އިންފްލަމަޓަރީ ސިންޑްރަމް (MIS-C) ރާއްޖޭގައި ދިރިއުޅޭ ކުޑަކުއްޖެއްގެ ގައިން ފެނިފައިވާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އަލަށް ކުޑަކުދިންގެ ކިބައިން ފެނުނު މި ސިންޑަރަމްގެ އަލާމާތްތަކުގެ ތެރޭގައި ކަވަސަކީ ބަލި އަދި ޓޮކްސިކް ޝޮކް ސިންޑަރަމް ހިމެނެ އެވެ. މި ސިންޑްރަމް އެންމެ ފުރަތަމަ ފެނުނު އިނގިރޭސިވިލާތުން ވަނީ (MIS-C) އާއި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅުންތަކެއް ވާކަމަށް ބުނެފަ އެވެ.

ރާއްޖެއިން މި ސިންޑްރަމް ފެނިފައިވަނީ އަވައްޓެރި އިންޑިޔާއަށް ނިސްބަތްވާ ކުޑަކުއްޖެގެ ގައިންނެވެ.

މަލްޓިސިސްޓަމް އިންފްލަމަޓަރީ ސިންޑްރަމްގެ ގޮތުގައި މި ކުއްޖާގެ ހަށިގަނޑުން ފެނުނު އަލާމާތްތަކުގެ ތެރޭގައި 18 ދުވަސް ވަންދެން ހުން އައުމާއި، ވަރުބަލިވުމާއި، ތުންފަތާއި ދެލޯ ރަތްވެ ބިހި ނެގުން ހިމެނޭކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ޑރ. ފައިސަލް ވިދާޅުވީ ކުއްޖާގެ ހުން މިހާރު މަޑުވެފައިވީ ނަމަވެސް، ހިތާއި ހިތުގެ ލޭނާރުތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

މަލްޓިސިސްޓަމް އިންފްލަމަޓަރީ ސިންޑްރަމް ފެނުނު މި ކުއްޖާ ކޮވިޑް-19އަށް ވަނީ ނެގެޓިވްވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ