އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/01/2020

25 ރަށަކަށް ހެލްތު މިނިސްޓްރީން އެމްބިއުލާންސް ހަވާލުކުރަނީ

ދިވެހިރާއްޖޭގައި ޤައުމީ އެމްބިއުލާންސް ވިއުގައެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 25 ރަށަކަށް ހެލްތް މިނިސްޓްރީން އެމްބިއުލާންސް ހަވާލުކުރަން ފަށައިފި އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/01/2020

Ministry of Health Ambulance Service
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހިރާއްޖޭގައި ޤައުމީ އެމްބިއުލާންސް ވިއުގައެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 25 ރަށަކަށް ހެލްތް މިނިސްޓްރީން އެމްބިއުލާންސް ހަވާލުކުރަން ފަށައިފި އެވެ.

މި 25 ރަށަށް އެމްބިއުލާންސް ހަވާލުކުރުމާއެކު، މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ އެވެ

2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހެލްތް މިނިސްޓްރީއިން މިކަމަށް ބޭއްވި ހާއްސަ ޖަލްސާއެއްގައިވަނީ މި 25 ރަށަށް އެމްބިއުލާންސް ހަވާލުކުރުމުގެ ލިޔުން ހަވާލުކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތްކަމަށް ހެލްތް މިނިސްޓްރީގެ އޮފިސަރެއް ވަނީ ވިދާޅުވެފަ އެވެ.

މިހާރު ހަވާލުކުރަމުންދާ 25 އެމްބިއުލާންސްގެ ތެރެއިން 21 އެމްބިއުލާންސަކީ ޖަޕާނުން ހަދިޔާކުރި ޕެރަމެޑިކް (އެމްބިއުލާންސްގެ ތެރޭގައި އަވަސްފަރުވާ ދެވޭގޮތަށް) ހުންނަ އެމްބިއުލާންސް ތަކެކެވެ. އަދި ބާކީ ހަތަރު އެމްބިއުލާންސަކީ އާދައިގެ ބޭސިކް ލައިފް ސަޕޯޓް އެމްބިއުލާންސް އެވެ. އަދި މި ހަތަރު އެމްބިއުލާންސް ފޯރުކޮށްދީފައިވާނީ މިހާރު ރާއްޖޭގައި އެމްބިއުލާންސް ނެތް 4 ރަށަށް ކަމަށްވެސް ހެލްތް މިނިސްޓްރީގެ އޮފިސަރ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު އެމްބިއުލާންސްގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވަނީ މަތީ ފެންވަރުގެ އެމްބިއުލާންސްތަކާއެކު، ތަމްރީންތަކަށްވެސް އިސްކަމެއް ދޭނެކަމަށް ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ