އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/12/2019

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތް މިނިސްޓަރ އަބޫދާބީއަށް ފުރާވަޑައިގެންފި

ކޮންމެ ދެ އަހަރަކުން އެއް އަހަރު އޯ.އައި.ސީގައި މި ބައްދަލުވުން ބާއްވަމުން އަންނައިރު، މިއީ މި ބައްދަލުވުން ބާއްވަމުން އަންނަތާ 7 ވަނަ އަހަރެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/12/2019

Ministry of Health Abdulla Ameen OIC Conference
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ޤައުމުތަކުގެ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ޔޫއޭއީގެ ވެރިރަށް އަބޫދަބީއަށް ފުރާވަޑައިގެންފި އެވެ.

ޑިސެމްބަރ 16 އިން ފެށިގެން 17ގެ ނިޔަލަށް އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފެންވަރު ރަނގަޅު ދިރިއުޅުމެއް" މި ޝިއާރެވެ. 

މި ކޮންފަރެންސްގެ ތެރޭގައި އޯ.އައި.ސީގެ ޤައުމުތަކުގެ މެދުގައި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރާނެއެވެ. އަދި ސިއްހީދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެކަމުން އަރައިގަތުމަށް އެޅިދާނެ މުހިންމު ފޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. ހަމައެހެންމެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އޯ.އައި.ސީގެ އެކިއެކި އިންސްޓިޓިއުޝަންތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު އޯ.އައި.ސީގައި މި ބައްދަލުވުން ބާއްވަމުން އަންނައިރު، މިއީ މި ބައްދަލުވުން ބާއްވަމުން އަންނަތާ 7 ވަނަ އަހަރެވެ. މި ބައްދަލުވުން އެންމެފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހު ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ