އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 30/11/2019

ތެލެސީމިޔާ ފަންޑު ހިންގުމަށް ކޮމިޓީއެއް އެކުލަވާލުމަށް ކަނޑައަޅައިފި

ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މި ފަންޑުގެ ބޭނުމަކީ ތެލެސީމިޔާ ބަލިހުންނަ ކުދިންނަށް ލިބިދޭންޖެހޭ ފަރުވާގެ ހަރަދުތައް ދައުލަތުން އުފުލުމެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 30/11/2019

Ministry of Health Thalassemia Maldivian Blood Services
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ތެލެސީމިޔާ ފަންޑު ހިންގުމަށް ކޮމިޓީއެއް އެކުލަވާލަން ޖެހޭގޮތަށް ކަނޑައަޅާ ޤަވާއިދެއް އެކުލަވާލައިފި އެވެ.

ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މި ފަންޑުގެ ބޭނުމަކީ ތެލެސީމިޔާ ބަލިހުންނަ ކުދިންނަށް ލިބިދޭންޖެހޭ ފަރުވާގެ ހަރަދުތައް ދައުލަތުން އުފުލުމެވެ.

2012ވަނަ އަހަރު ތަސްދީޤްކުރި މި ޤާނޫނުގެ ދަށުން އުފައްދާފައިވާ ތެލެސީމިޔާ ފަންޑުގެ ޤަވާއިދުގައި ބުނާގޮތުން މި ފަންޑުގެ ހުރިހާ އިދާރީ މަސައްކަތެއް ބަލަހައްޓާނީ މޯލްޑިވިއަން ބްލަޑް ސާވިސަސް އިންނެވެ.

އަދި މި ފަންޑު ހިންގުމަށް 7 މެމްބަރުންގެ ކޮމިޓީއެއް އުފައްދަން ޖެހޭއިރުގައި، ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ތެރޭގައި ފަންޑުގެ ފައިސާއާއި ޒިންމާ އާއި ހަވާލުވުމަށް ހުންނަން ޖެހޭނީ އެ އިރެއްގައި ހެލްތް މިންސްޓްރީގެ އެންމެ އިސްވެރިޔާ ނުވަތަ ހެލްތް މިނިސްޓްރެވެ. ކޮމިޓީގައި ހިމެނޭ އެހެން މެމްބަރުންގެ ތެރޭގައި 1 ނަރުހަކާއި، މޯލްޑިވިއަން ބްލަޑް ސާވިސްގެ ފަރާތުން 2 މެމްބަރުންގެ އިތުރުން، މިނިސްޓްރީގެ ބަޖްޓްގެ ކަންކަން ބެލެހެއްޓުމަށް 3 މެމްބަރުން ހުންނަން ޖެހޭނެކަމަށްވެސް ޤަވާއިދުގައި ވަނީ ބުނެފަ އެވެ.

ޤަވާއިދުގައި އިތުރަށް ބުނާގޮތުން މި ކޮމިޓީގެ ޗެއާޕާރސަނަކަށް ހުންނަން ވާނީ ހެލްތް މިނިސްޓަރެވެ. އަދި ޑެޕިއުޓީ ޗެއާޕާސަނެއް އައްޔަން ކުރާނީ ކޮމިޓީ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މީގެއިތުރުން ފަންޑުގެ ޤަވާއިދު ބުނާގޮތުން މި ފަންޑުގައި ހިމެނޭ ފައިސާ ހޭދަކުރުމަށް ނިންމާފައިވަނީ ތެލެސީމިޔާ ފަރުވާއަށް ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމަށާއި، ތެލެސީމީޔާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުމުގެ އިތުރުން، ތެލެސީމިޔާ ބައްޔަށް ހުށަހެޅޭ ކުދިން، އެހެން ބަލިތަކުން ސަލާމަތްކުރުމަށް ރާއްޖެއިން ލިބެން ނެތް ފަރުވާއާއި އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ