އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 20/11/2019

މި މަހުގެ 24 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިތާނީ ކޭމްޕް ފައްޓަނީ

މިކޭމްޕްގައި މިހާތަނަށް އަތޮޅުތަކުން 600 އަށް ވުރެ ގިނަ ކުދިން ރެޖިސްޓްރީ ވެފައިވާ އިރު، ހިތާނު ކުރުން ހަމަޖެހިފައިވަނީ އާސަންދައިގެ ދަށުންނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 20/11/2019

Ministry of Health Circumcision camp
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަތޮޅު ތެރޭގައި ހިންގަން ހަމަޖެހިފައިވާ ހިތާނީ ކޭމްޕް މިމަހުގެ 24 ވަނަ ދުވަހު ފަށާނެއެވެ. 

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ 4 ރީޖަނަލް ހޮސްޕިޓަލެއްގެ މެނޭޖަރުން މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

މިއަހަރުގެ ހިތާނީ ކޭމްޕްއަކީ ރާއްޖޭގެ ހުރިހާ ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލު ތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕްއެކެވެ. މިކޭމްޕްގައި މިހާތަނަށް އަތޮޅުތަކުން 600 އަށް ވުރެ ގިނަ ކުދިން ރެޖިސްޓްރީ ވެފައިވާ އިރު، ހިތާނު ކުރުން ހަމަޖެހިފައިވަނީ އާސަންދައިގެ ދަށުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިހޮސްޕިޓަލްތަކުގެ މެނޭޖަރުން ވިދާޅުވީ ހިތާނު ކުރާ ކުދިން ސްކްރީން ކުރުމާއި އެކުދިންގެ ބެލެނެވެރިން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތުވެސް ދެވޭނެކަމެވެ. އަދި ބެލެނެވެރިން ބޭނުންވާ ގޮތަށް ސަގާފީ ކަންކަންވެސް އެކުލެވިގެންދާނެ ކަމަށް ވިދާޅިވިއެވެ. 

މީގެ އިތުރުން ހިތާނީ ކޭމްޕަށް ބޭނުންވާ ސާމާނާއި ޑޮކްޓަރުންގެ ޓީމުތައް ވަނީ އެކުލަވާލެވިފައެވެ. އަދި ކޮންމެ ދުވަހަކު 5 ނުވަތަ 10 ކުދިން ކޮންމެ ހޮސްޕިޓަލެއްގައިވެސް ހިތާނު ކުރެވޭ އިރު، ހޮސްޕިޓަލުން ކުއްޖާ ދޫކުރާ ފަހުންވެސް މެޑިކަލް އޮފިސަރެއްގެ ބެލުމުގެ ދަށުގައި އެކުއްޖާ ވާނެއެވެ. މައްސަލައެއް ކުރިމަތިވެއްޖެނަމަ ސަރޖަންއަށް ދެއްކޭނެއެވެ. އަދި ތަފާތު ކުރުމެއް ނެތި ކޮންމެ ކުއްޖަކަށްވެސް ސަރުކާރުގެ ފަރާތުން ހަދިޔާ ދެވޭނެ ކަމަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މިބޭފުޅުން ވިދާޅިވިއެވެ.

މީގެ 3 މަސް ކުރިން މަސައްކަތް ފެށުނު މިކޭމްޕްއަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކޭމްޕް އެކެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވާ އެއްބާރުލުން ފާހަގަކުރެއްވިއެވެ. އަދި 24 ވަނަ ދުވަހު ކުޅުދުފުށީގައި ހިތާނީ ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވެސް ބައިވެރި ވަޑައިގަންނަވައެވެ.

19 އަތޮޅުގެ 18 ހޮސްޕިޓަލެއްގައި ކުރިއަށް ގެންދާ މިކޭމްޕްގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ކުރާނެއެވެ. އަދި ކޮންމެހެން ހިތާނު ކުރުމަށްޓަކައި މާލެ އަދި ހުޅުމާލެއަށް ނައިސް އަތޮޅުގައި ހުރެގެން ހިތާނު ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ބެލެނެވެރިންނަށާއި ކުދިންނަށް ލިބިގެންދާނެ ލުއިފަސޭހަ ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ