ނެޝަނަލް ފިޒިކަލް އެކްޓިވިޓީސް އެންޑް ޕޮލިސީ ގައިޑްލައިންސް ތަންފީޒް ކުރުމަށްޓަކައި، ސަރުކާރުން އެއްބާރުލުން ދޭނަން- ހެލްތް މިނިސްޓަރ
މަރްޔަމް ޢަދީލާ
ޝާއިޢު ކުރީ: 15/11/2019
Ministry of Health Health Minister Tiny Hearts Maldives National Physical Activity policy and guidelinesނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ އެންޑް ގައިޑްލައިންސް ތަންފީޒް ކުރުމަށްޓަކައި، ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދޭނަން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ އެންޑް ގައިޑްލައިންސްގައި މާލީ ގޮތުންނާއި، ފަންނީ ގޮތުން އެންޖީއޯތަކުގެ ދައުރު ބޮޑު ކުރުމަށްޓަކައި، އެންޖީއޯތަކަށް އެހީތެރިކަންދޭ މިންވަރު ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވެފައިވަނީ ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ އެންޑް ގައިޑްލައިންސް ޑްރާފްޓް ކުރުމާއި ގުޅޭގޮތުން ބޭއްވި ކޮންސަލްޓޭޝަން ވޯކްޝޮޕް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އަދި 13 ވަނަ ދުވަހުގަ އެވެ. މި ވޯކްޝޮޕް އިންތިޒާމްކުރި އަދި ވޯކްޝޮޕްގެ ކޮންސަލްޓޭޝަން ޓީމް ކަމަށްވާ ޓައިނީ ހާޓްސް މޯލްޑިވްސް އިން ބުނެފައިވަނީ މި ވޯކްޝޮޕްގައި އެކި އެކި ދާއިރާތަކުންނާއި، އެކި ކަންކަމުގެ އެކްސްޕާޓުންނާއި، އާއްމުންގެ އިތުރުން، ސިވިލް ސާރވިސްގެ މުވައްޒަފުންނާއި، އަދި އެކި އުމުރުފުރާގެ މީހުން ބައިވެރިވެފައިވާ ކަމަށެވެ.
މި ކޮންސަލްޓޭޝަން އަކީ ޑަބްލިޔުއެޗްއޯގެ އެދުމުގެ މަތިން ދިވެހި އާބާދީގެ އެކި އުމުރުފުރާތަކަށް ނެޝަނަލް ފިޒިކަލް އެކްޓިވިޓީސް އެންޑް ޕޮލިސީ ގައިޑްލައިންސް ޑްރާފްޓް ކުރުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްއެއް ކަމަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)