އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/11/2019

އާސަންދަ ކުންފުނިން އޯޕަން ޕްރޮކިއުމަންޓް ލޯންޗްކޮށްފި

އެކުންފުނިން ބުނީ މި މަސައްކަތް ކުރިއަށް ދާނީ 2 ސްޓޭޖަކަށް ބަހާލެވިގެން ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/11/2019

Aasandha Company
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އާސަންދަ ކުންފުނިން އިއްޔެ، އޯޕަން ޕްރޮކިއުމަންޓް ލޯންޗްކޮށްފިއެވެ.

އާސަންދަ ކުންފުނިން ބުނެފައިވާ ގޮތުގައި އެކުންފުނިން އޯޕަން ޕްރޮކިއުމަންޓް ލޯންޗް ކުރުމަށް ނިންމީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

އޯޕަން ޕްރޮކިއުމަންޓް ތައާރަފްކޮށް އެކުންފުނިން ބުނީ މި މަސައްކަތް ކުރިއަށް ދާނީ 2 ސްޓޭޖަކަށް ބަހާލެވިގެން ކަމަށެވެ. އެގޮތުން އިއްޔެ  ފެށުނީ މަސައްކަތުގެ ފުރަތަމަ ސްޓޭޖު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އޯޕަން ޕްރޮކިއުމަންޓްގެ ފުރަތަމަ ސްޓޭޖުގެ ފޯކަސްއަކީ ބޮޑެތި ޕްރޮޖެކްޓްތަކުގެ ޓެންޑަރސް ޓްރާންސްޕޭރެންޓްކޮށް ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، މި ސްޓޭޖްގައި މީގެ ފަހުން، -/25،000 ރުފިޔާއަށްވުރެ މަތީގެ އަގުތަކުގެ އެއްޗިހި ގަތުމަށް ކުރާ ޓެންޑަރ އިޢުލާނުތަކުގެ ހުރިހާ މަޢުލޫމާތެއް އާސަންދަ ވެބްސައިޓުން ފެންނަން ހުންނާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި ދެވަނަ ސްޓޭޖްގައި، ހުރިހާ ވެންޑަރސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވާން ހުޅުވާލެވޭނެ ކަމަށާއި، އޭރުން އެ ވެންޑަރއަކާ ގުޅޭ ދާއިރާއަކުން ޓެންޑަރއެއް އަޕްލޯޑްކޮށްފިނަމަ ވެންޑަރއަށް ނޮޓިފިކޭޝަނެއް ދާނެކަމަށް އެ ކުންފުނިންވަނީ ބުނެފަ އެވެ.

އޯޕަން ޕްރޮކިއުމަންޓް ލޯންޗުކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، 'ޒީރޯ-ޓޮލަރެންސް ޓު ކޮރަޕްޝަން' ގެ ދަށުން، ވީހާވެސް ޓްރާންސްޕޭރެންޓްކޮށް ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި އޯޕަން ޕްރޮކިއުމަންޓް ލޯންޗްކުރުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ލިބުނު އެހީތެރިކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ