އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 29/10/2019

3 ދުވަހުގެ ހެލްތު ކޮންފަރެންސެއް ބާއްވަނީ

"ނެޝަނަލް ކޮންފަރެންސް އޮން ރީވަޓަލައިޒިންގ ޕަބްލިކް ހެލްތު: ވޯކިންގ ޓުގެދަރ ފޯރ އަ ހެލްދިއަރ ނޭޝަން" ނަމަކަށް ކިޔާ މިކޮންފަރެންސްގެ މައުލޫމާތު ދިނީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 29/10/2019

Ministry of Health
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަންނަ ހޯމަ ދުވަހު ދިވެހިރާއްޖޭގެ ހެލްތު މިނިސްޓްރީ އިން ބާއްވާ ހެލްތު ކޮންފެރެންސެއް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އޮންނާނެއެވެ.

"ނެޝަނަލް ކޮންފަރެންސް އޮން ރީވަޓަލައިޒިންގ ޕަބްލިކް ހެލްތު: ވޯކިންގ ޓުގެދަރ ފޯރ އަ ހެލްދިއަރ ނޭޝަން" ނަމަކަށް ކިޔާ މިކޮންފަރެންސްގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީ އިން ވިދާޅުވީ، މި ކޮންފަރެންސަކީ ސަރުކާރުގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒް ކުރުމަށްޓަކާ ގައުމީ ފެންވަރުގެ ޕްލެޓްފޯމެއްގައި ގުޅުންހުރި ދާއިރާތައް ހިމެނޭގޮތަށް މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތު އިން މި ކޮންފަރެންސް ބާއްވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ގުޅިގެންނެވެ.

މި ކޮންފަރެންސްގެ މައިގަޑު މަގްސަދުތަކުގެ ތެރޭގައި އާބާދީއަށް އަންނަ ބަދަލުތަކާއި އެކު އާބާދީގެ ސިއްޙީ މައްސަލަތައް ހައްލު ކުރުމަށް ގައުމީ ސިޔާސަތު ރާވާ ފަރާތްތަކާއި ދާއިރާގެ ނިންމުންތައް ނިންމާ ފަރާތްތަކަށް މައުލޫމާތުދީ އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި ސިއްޙީ ގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުމަށް އެންމެން އެއްކޮށް މަސައްކަތް ކުރުމުގެ މުހިއްމުކަމާއި އަދި މިގޮތަށް މަސައްކަތް ކުރުމުން އަންނާނެ ރަގަޅު ބަދަލާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ. 

އަދި މީގެއިތުރުން ދާއިރާގެ މުހިއްމު ކަންތައްތައް ސްޓްރެޓެޖިކް ޕާތުވޭއެއްގެ ތެރެއިން ހާސިލް ކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ